"ފަހެ ހަމަކަށަވަރުން ﷲ ގެ ރަޙުމަތް ހާރުކާ މީހުންގެ މައްޗަށް ހުއްޓެވެ. އަދި އެއިލާހުގެ މަލާއިކަތުންވެސް އެބައިމީހުންނަށް ރަހުމަތް ލެއްވުމަށް އެދި ދުޢާކުރެއެވެ.”

ކިޔުމަށް ހޭދަވާނީ 4މ 22ސ
"ފަހެ ހަމަކަށަވަރުން ﷲ ގެ ރަޙުމަތް ހާރުކާ މީހުންގެ މައްޗަށް ހުއްޓެވެ. އަދި އެއިލާހުގެ މަލާއިކަތުންވެސް އެބައިމީހުންނަށް ރަހުމަތް ލެއްވުމަށް އެދި ދުޢާކުރެއެވެ.”

ޢާއިޝަތު ރަފާޙް ޢަލީ

ބައެއް މީހުން ހާރު ނުކައި ދޫކޮށްލައެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫނެވެ. އެކަން މި ދެ ޙަދީޘްފުޅުން އެނގިގެންދެއެވެ. ހާރުކެއުމަކީ ﷲ ތަޢާލާ ރަޙްމަތް ލައްވަވާ ކަމެއް ކަމާއި އަދި މަލާއިކަތުންގެ ހެޔޮދުޢާވެސް ލިބިގެންދާ ކަމެއްކަންވެސް އެނގިގެންދެއެވެ.   

ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

عن أنس بن مالك عن زيد بن ثابت رضي الله عنهما قال: «تَسَحَّرْنَا مع رسول الله صلى الله عليه وسلم، ثم قام إلى الصلاة. قال أنس: قلت لزيد: كم كان بين الأذان وَالسَّحُورِ؟ قال: قدر خمسين آية» 

އަނަސް ރަޟިޔަ ﷲ ޢަންހު ޒައިދު ބުނު ޘާބިތުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ތިމަންމެންނާއެކުގައި ހާރު ފަރީއްކުޅުވިއެވެ. އެއަށްފަހު ނަމާދު ކުރެއްވުމަށް ތެދުވެވަޑައިގަތެވެ. އަނަސްގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ސުވާލުކުރެއްވީމެވެ. ހާރު ކޭންބެއްލެވުމާއި ބަންގިޔާ ދެމެދުގައިވީ ކިހާ ވަގުތުކޮޅެއް ތޯއެވެ؟ ވިދާޅުވިއެވެ. ފަންސާހަކަށް ނުވަތަ ފަސްދޮޅަހަކަށް އާޔަތް ކިޔައިލެވޭހާ ވަގުތުކޮޅެކެވެ. 

شرح وترجمة حديث: تسحرنا مع رسول الله صلى الله عليه وسلم ، ثم قام إلى الصلاة. قال أنس: قلت لزيد: كم كان بين الأذان والسحور ؟ قال: قدر خمسين آية - موسوعة الأحاديث النبوية (hadeethenc.com) 

އަދިވެސް ޙަދީޘު ކުރައްވާފައިވެއެވެ. 

"السَّحورُ أُكْلةُ بَرَكةٍ، فلا تَدَعوه، ولو أنْ يَجرَعَ أَحَدُكم جُرْعةً من ماءٍ؛ فإنَّ اللهَ وملائكتَه يُصلُّونَ على المُتَسَحِّرينَ". 

މާނައީ: “ހާރަކީ ބަރަކާތް ލިބިގެންވާ ކެއުމެކެވެ. އެހެންކަމުން އެކަން ދޫކޮށް ނުލާށެވެ. އެއީ ހަމައެކަނި ފެން ކޯވަރެއް ބޯލުން ކަމުގައި ވިޔަސްމެއެވެ. ފަހެ ހަމަކަށަވަރުން ﷲ ގެ ރަޙުމަތް ހާރުކާ މީހުންގެ މައްޗަށް ހުއްޓެވެ. އަދި އެއިލާހުގެ މަލާއިކަތުންވެސް އެބައިމީހުންނަށް ރަހުމަތް ލެއްވުމަށް އެދި ދުޢާކުރެއެވެ.”

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)

ހާރު ކެއުން ލަސްކުރުން: 

ހާރަކީ ރޯދައަށް ހުރުމައްޓަކައި ފަޖުރައް ލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ކާކެއުމެކެވެ.

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.

"‏تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَةً ‏"‏‏.‏

މާނައީ: "ތިޔަބައިމީހުން ހާރު ކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތްތެރި ކަމެއްވެއެވެ." 

އަދިވެސް ޙަދީޘު ކުރައްވާފައިވެއެވެ.

(فصلُ ما بين صيامِنا وصيامِ أهلِ الكتابِ ، أكْلةُ السَّحَرِ)

އަހުލު ކިތާބީންގެ ރޯދަ އާއި އަހަރެމެން ހިފާ ރޯދައިގެ ދެމެދުގައި ވާ ތަފާތަކީ ހާރު ކެއުމެވެ.“

ހާރަކީ ބަރަކާތް ލެއްވިގެންވާ ކެއުމެކެވެ."

މިއަދު އޮންލައިން