ކޮންމެ ހެން ކުރަން ނުޖެހޭ ޚަރަދުތައް ނުކޮށް ހުއްޓާލައިފަ ނަމަވެސް ދަތިޙާލުގަ ހުރި މީހަކަށް ރޯދަވީއްލަން އެއްޗެއް ދިއްކޮށްލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކޮންމެ ހެން ކުރަން ނުޖެހޭ ޚަރަދުތައް ނުކޮށް ހުއްޓާލައިފަ ނަމަވެސް ދަތިޙާލުގަ ހުރި މީހަކަށް ރޯދަވީއްލަން އެއްޗެއް ދިއްކޮށްލަމާ!

ކޮންމެހެން ކުރަންނުޖެހޭ ޚަރަދުތައް ކުރަނީ ހަމައެކަނި ތަނަވސްކަން ހުރި މީހުންނެއް ނޫނެވެ. ތަނަވަސްކަން ނެތް މީހުންވެސް ކޮންމެހެން ކުރަންނުޖެހޭ ޚަރަދުތައް ކުރެއެވެ. ތަނަވސްކަން ހުރިނަމަ އެމީހަކު ކުރަން ބޭނުންވާހައި ޚަރަދެއް ކުރަމުންވެސް ޞަދަޤާތްކުރެވިދާނެއެވެ. ނަމަވެސް ތަނަވަސްކަން ނެތް މީހުންނަށް ޞަދަޤާތް ކުރެވޭނީ އެކަމަށް ވިސްނައި ކޮންމެހެން ކުރަންނުޖެހޭ ޚަރަދުތައް ކުރުން ހުއްޓާލައިގެންނެވެ. 

މިޘާލަކަށް ބުނާނަމަ ރަމަޟާން މަހުވެސް ބައިހަދާފައި ގޮސް ކޮފީބޯ މީހުން މަދެއް ނޫނެވެ. 2 މީހަކު ކޮފީއަކަށް އަރައިފިނަމަ ބިލަށް ސަތޭކަވަރަކަށް ރުފިޔާ އަރައެވެ. އެއީ 2 މީހަކަށް ކިތަންމެ ރަނގަޅަށްވެސް ރޯދަވީއްލުން ދެވިދާނެ ޢަދަދެކެވެ. 

މިރަމަމާން މަހަކީ މިފަދަ ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރާ މަހަކަށް ހެދުން ކީއްތޯއެވެ؟ ވީހާ ގިނަ ޘަވާބު ހޯދަން މަސައްކަތްކުރުމަށް އިސްކަންދެމާތޯއެވެ؟ މަރުވާނީ ކޮން ވަޤުތަކު ކަމެއް އެކަކަށްވެސް ނުއެނގޭނެއެވެ. ހުސްއަތާ ކައްވަޅަށް ނުދާން ގަދައަޅައި މަސައްކަތްކުރަމާތޯއެވެ؟  

"އަދިހަމަ އެހެންމެ މިރަމަޟާންމަހުގާ ރޯދަވެރިން ރޯދަވީއްލުމަށްޓަކައި ކޮންމެވެސް އެއްޗެއް ދިއްކޮށްލުން އެއީ ހަމަ އަޅުގަނޑުމެން ކުރުން ވަރަށް މުހިންމު ކަމެއް އާދެ! ރޯދަވެރިޔަކު ރޯދަވީއްލާނެ އެއްޗެއް ދީފިކަމަށް ވަނީނަމަ އެރޯދަވެރިޔާގެ ދަރުމަޔާއި ޘަވާބުން އެއްވެސް މިންވަރެއް އުނިނުވެ އެރޯދަވީއްލާނެ އެއްޗެއް ދިން މީހާޔަށްވެސް އެކަމުގެ ދަރުމަ އެރޯދަވެރިޔާގެ ދަރުމަޔާއި ޘަވާބު ލިބޭނެކަންވެސް ރަސޫލު ﷲ ވަނީ އަންގަވާދެއްވާފަ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން