ބޭފުޅުންނޭ ދިރިއުޅުން ކާމިޔާބު ކުރުމަށްޓަކައި ރުޅި ކޮންޓްރޯލްކުރަން ދަސްކުރަންޖެހޭ! ނަބިއްޔާ ﷺ އަރިހުގާ މީހަކު ވަޞިއްޔަތަކަށް އެދިވަޑައިގަތުމުން ޙަދީޘް ކުރެއްވެވީ ކީކޭ؟ لاَتَغْلَب ރުޅިނާންނާށޭ! އޭނަ އަނެއްކާވެސް ސުވާލު ކުރައްވަނީ ﷲގެ ނަބިއްޔާ އޭ ވަޞިއްޔަތެއް ކޮށްލަދެއްވަބައްލަވާށޭ،
ﷲގެ ނަބިއްޔާގެ އަރިހުގާ އެކަލޭގެފާނުގެ އުއްމަތުގެ މީހަކު ވަޞިއްޔަތަކަށް އެދުނީމާ އެކަލޭގެފާނު ވަޞިއްޔަތް މިކުރައްވަނީ لاتغلب ރުޅިނާންނާށޭ އޭނަޔަށް އެކަން ކުޑަވަނީ ތަކުރާރު އަނެއްކާވެސް ކުރައްވަނީ ނަބިއްޔާ ﷺ ހަމަ އެޖަވާބު ތަކުރާރު ކުރައްވަނީ "ރުޅި ނާންނާށޭ"
ރުޅިޔަކީ ދިރިއުޅުން ހަލާކުކުރާ އެއްޗެއް އިންސާނީ ޠަބީޢަތް އެއީ ކަމެއްގައި ހިތްހަމަ ނުޖެހިދާނެ އެކަމަކު އެރުޅީގެ މައްޗަށް މީހާ ކޮންޓްރޯލްކޮށް އިރުޝާދު ދެއްވާފައިވަނީ ރުޅިއައީމަ ހަދަންވީ ގޮތް. ރުޅިއަކީ ޝައިޠާނާގެ ކަމެއް އެކަމުގެ ސަބަބުން ހަށިގަނޑުގަ ހޫނުއުފައްދާ، ވުޟޫކުރުން، ފެންވެރުން، މީހާގެ ޙާލަތު ބަދަލުކުރުން އިށީންދެގެން އިދެއްޖިއްޔާ ކޮޅަށް ތެދުވުން ކޮޅަށް ހުރެއްޖިއްޔާ އިށީނުން، ތަންތަނަށް ދިޔުން، ބަދަލުކުރުން، މީ ރުޅިން ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެނަށް ކުރެވިދާނެކަމެއް ޒަވާޖީ ޙަޔާތެއް ކާމިޔާބު ކުރުމަށްޓަކައި ރުޅި ކޮންޓްރޯލް ކުރަން އެބަޖެހޭ، ހިތްހަމަ ނުޖެހޭ ކަންކަން މެދުވެރިވާނެ އެކަމަކު އެކަންކަމާ ބެހޭގޮތުން ރަގަޅުވާހަކަ ދައްކަން ޖެހޭނީ.
ރަސޫލުﷲ ﷺ ޚަދީޖަތުގެފާނުގެ ހެޔޮވާހަކަ އެކަލޭގެފާނު އެކަމަނާ އަވަހާރަވުމަށްފަހުގާ ދައްކާލެއް ގިނަކަމުން އެއްދުވަހެއްގާ ޢާއިޝަތުގެފާނު ހިތްޕުޅާ ނުވި ވިދާޅުވަނީ ﷲގެ ނަބިއްޔާ ދެން މުސްކުޅިއެއްގެ ވާހަކަ ތިދައްކަވަނީ އެއީ އެކަމަނާގެ ނިސްބަތުން އެކަމަނާ އަކީ ޢުމުރުގެ ގޮތުން ހަގު ޒުވާން ރީތި ކަމަނާއެއް އެހެންވީމަ ދެން މާކުރީގެ މުސްކުޅި އަންހެނެއްގެ ވާހަކަ ކަލޭގެފާނު މާބޮޑަށް ތަކުރާރު ކުރައްވަނީ ﷲ ކަލޭގެފާނަށް އޭގެ ބަދަލުގާ އެހެން އަންހެނަކު ދެއްވައިފިއޭ
ރަސޫލާ ﷺ އަށް އެއީ ހިތްޕުޅު ހަމަޖެހި ވަޑައިގެން ވާހަކަޔަކަށް ނުވޭ، ޝައްކެއްނެތް އެކަލޭގެފާނުގެ ހިތްޕުޅުގައި ޢާއިޝަތުގެފާނާމެދު އޮތް ލޯބި، ޤަދަރު، އިޙްތިރާމް، އެހުރިހާ އެއްޗެއް އެބަހުރި އެކަމަކު ވިދާޅުވަނީ ނޫނެކޭ މީސްތަކުން އެންމެން ތިމަންކަލޭގެފާނަށް ކުފުރުވީ ދުވަހުގާ އީމާންވީ އެކަމަނާއޭ. ހުރިހާ މީހުން ތިމަންކަލޭގެފާނު ދޮގުކުރި ދުވަހުގާ ތިމަންކަލޭގެފާނު ތެދުކުރެއްވީ އެކަމަނާއޭ. ތިމަންނާ މުދަލުން މީހުން މަޙްރޫމްކުރި ދުވަހުގާ ތިމަންކަލޭގެފާނަށް އެހީތެރިކަން ފޯރުކޮށްދެއްވީ އެކަމަނާ އާއި އެކަމަނާގެ މުދަލުންނޭ. އެހެންވީމާ އެކަމަނާގެ މަޤާމް ތިމަންކަލޭގެ ފާނުގެ ހިތްޕުޅަކުން ނުވެއްދާނެ ﷲ ތަޢާލާ ތިމަންކަލޭގެފާނަށް ހުރިހާ ދަރިންނެއް ދެއްވީވެސް އެކަމަނާގެ ކިބައިންނޭ، ޢާއިޝަތުގެފާނު ވިދާޅުވަނީ އޭގެފަހުން ތިމަންނާ އެކަހަލަ ވާހަކައެއް ދެއްކުން ނިމުނީއޭ.
އެހެންވީމާ ހިތްހަމަ ނުޖެހުން ނަބިއްޔާ ﷺ އެދަނޑިވަޅުގާ ހިތްހަމަ ނުޖެހުނު ޢާއިޝަތުގެފާނު ވިދާޅުވަނީ އެކަލޭގެފާނު ކޯފާވިއޭ ތިމަންކަމަނާ އެހެން ވިދާޅުވުމުން. އެހެންވީމާ ޙާލަތު މެދުވެރިވެދާނެ އެކަމަކު އެކަން ހަމަޖައްސާ، ބުނެދީ، އެކަންކަން ކުރުމަކީ އެއީ ޒަވާޖީޙަޔާތް އުފާވެރި ކަމާއެއްކޮން ކުރިޔަށް ގެންދެވޭ ގޮތެއް.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް