ތަރާވީޙް ނަމާދުކުރަން އަދި ނުފެށޭ މީހުންވެސް އަވަހަށް ކުރަން ފަށައި މުޅިރޭ އަޅުކަންކުރިކަމުގެ ޘަވާބު ލިބިގަންނަން ހިތްވަރާއެކު މަސައްކަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ތަރާވީޙް ނަމާދުކުރަން އަދި ނުފެށޭ މީހުންވެސް އަވަހަށް ކުރަން ފަށައި މުޅިރޭ އަޅުކަންކުރިކަމުގެ ޘަވާބު ލިބިގަންނަން ހިތްވަރާއެކު މަސައްކަތްކުރާށެވެ!

ރަމަޟާންމަހާއި ބައްދަލުވުމުން އެންމެ ބޮޑަށް ސަމާލުކަމެއްދޭންވީ އެއްކަމަކީ ތަރާވީޙް ނަމާދު ޖަމާޢަތުގާ ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރުމެވެ! އެއީ އެކަނި ކުރަން މަސައްކަތްކުރާނަމަ ތަފާތު ސަބަބުތައް ކުރިމަތިވެ ނުކުރެވިދާނެކަމަށްޓަކައެވެ.  

ތަރާވީޙް ނަމާދު އިމާމު ނިމެންދެން އެނަމާދުގާ ބައިވެރިވެއްޖެ ކަމަށްވަނީނަމަ މުޅިރޭ އެއްކޮށް އަޅުކަންކުރި ކަމުގެ ދަރުމައާއި ޘަވާބު މާތްﷲ އެމީހަކަށް ދެއްވާނެކަމުގެ ވާހަކަތައް އަބަދުހެން މިގެންދަނީ ދައްކަމުންނެވެ. އަދި ރަމަޟާންމަހުގެ ރޭތައް ފުރިހަމަ ގޮތުގާ އިޙްޔާ ކޮށްފިކަމަށް ވަނީނަމަ އެމީހެއްގެ އިސްވެދިޔަ ހުރިހާ ފާފަތަކެއްވެސް މާތްﷲ ފުއްސަވާ ދެއްވާނެކަމަށްވެސް ވަނީ އަންގަވާފައެވެ.  

ރަމަޟާން ފެށޭތަނުން ތަރާވީޙް ނަމާދު ކުރަން ނުފެށޭނަމަ ފަސްޖެހި ދެން އަންނަ ރަމަޟާން މަހަކަށް އިންތިޒާރުކުރާ ބައަކުވެސް އުޅެއެވެ. އެގޮތަށް އެކަން ނުކުރާށެވެ! ހެޔޮ ވިސްނުން ލިބުމާއިއެކު ހެޔޮ ޢަމަލުތައް ކުރަން ފަށާށެވެ!  

ފަހު ދިހަ ފެށެން 3،4 ދުވަހަކަށް ގާތްވީއެވެ. ކަންނެތްވެފައި ނުތިބޭށެވެ. އަންނަ ރަމަޟާން މަސް އަންނާނެއެވެ. ނަމަވެސް ބައްދަލުވާނީ ދުނިޔޭގައި ތިބި ބައަކާއިއެވެ. އަންނަ ރަމަޟާން މަސް ތިމާއާއި ބައްދަލުވާނެކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ ޔަޤީންކަން ނެތްއިރު އަންނަ ރަމަޟާން މަހަށް އިންތިޒާރުކުރަން، ތިމާ އާއި ބައްދަލުވެފައި މިވާ ރަމަޟާން މަހަށް އިހްމާލުވާން ހެޔޮނުވާނެ ނޫން ހެއްޔެވެ؟  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން