ޙަދީޘްގެ ޝާރަޙަ: ތެދުމަގަށް ގޮވާލާ މީހާއަށާ މަގުފުރެދުމަކަށް ގޮވާލާ މީހާއަށް ހުރިގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޙަދީޘްގެ ޝާރަޙަ: ތެދުމަގަށް ގޮވާލާ މީހާއަށާ މަގުފުރެދުމަކަށް ގޮވާލާ މީހާއަށް ހުރިގޮތް-

عَن أبي هريرة رضي الله عنه أنَّ رَسُول اللَّه ﷺ قَالَ: مَن دعا إلى هُدًى كان له مِن الأجرِ مِثْلُ أجورِ مَن تبِعهُ لا ينقُصُ ذلك مِن أجورِهم شيئًا، ومَن دعا إلى ضلالةٍ كان عليه مِن الإثمِ مِثْلُ آثامِ مَن تبِعهُ لا ينقُصُ ذلك مِن آثامِهم شيئًا.

أخرجه مسلم (2674) 

މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: " ތެދުމަގަށް ގޮވައިލައިފި މީހާ، ދަންނާށެވެ! ދަރުމައާއި ޘަވާބުގެ ތެރެއިން އެމީހަކަށް ތަވާބީހައި ބަޔަކަށް ދެއްވާ ދަރުމައާއި ޘަވާބާ އެއްފަދަ ޘަވާބު، އޭނާއަށް ލިބިގެންވެއެވެ. އެކަމަކު އެއީ، އޭނާއަށް ތަބާވީ މީހުންނަށް ދެއްވާ ޘަވާބުން އުނިވުމަކާއި ނުލައެވެ. އަދި މަގުފުރެދުމަކަށް (މީސްތަކުންނަށް ) ގޮވާލިމީހާ، ދަންނާށެވެ! ފާފައިގެ ތެރެއިން އޭނާއަށް ތަބާވީހައި ބަޔަކަށް ދެއްވާ ފާފައާ ޢުޤޫބާތާ އެއްފަދަ ފާފަ، އޭނައަށް ދެއްވާހުއްޓެވެ. އެއީ އޭނާއަށް ތަބާވީ މީހުންނަށް ދެއްވާ ޢުޤޫބާތާއި ފާފައިން އުނިވުމަކާއި ނުލައެވެ." 

- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން 

ޝަރަޙަ އަޑުއައްސަވާލައްވަން:

 

 

މިއަދު އޮންލައިން