ތިބާގެ ހުރިހާ ކަންބޮޑުވުންތަކާ ﷲ ތަޢާލާ ޙަވާލުވެވަޑައިގަންނަވާނެ ގޮތް-: ޑރ. ޝިހާމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ތިބާގެ ހުރިހާ ކަންބޮޑުވުންތަކާ ﷲ ތަޢާލާ ޙަވާލުވެވަޑައިގަންނަވާނެ ގޮތް-:  ޑރ. ޝިހާމް

ކޮންމެ ކަމަކަށްވެސް ފުރަތަމަ ޚާއްޞަވެގެންވަނީ ނިޔަތެވެ. ވީމާ ތިމާ ކުރަން މިއުޅޭ ކަމަކާއިމެދު ފުންކޮށް ވިސްނާލަންވާނެއެވެ. އަދި އެކަމެއް އިޚްލާޞްތެރިކަމާއިއެކު ކުރަން ނިޔަތްގަނެ ޢަޒުމްކަނޑައަޅަންވާނެއެވެ. 

ޤުރްއާން އުނގެނެން ނުވަތަ ކިޔަވަން ޤަޞްދުކުރާ މީހާ ފުރަތަމަ ކަމަކަށްވެސް ތިމާ ކުރަން މިފަށާ ކަންތައް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ހިތްމައްޗަށް ގެންނާށެވެ! 

އެއިގެ އިތުރުން ތިމާވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރާތީ މަލާއިކަތުންގެ ޙާޒިރުގައި ﷲ ތަޢާލާ ތިމާގެމަތިން ނަނދުމަފުޅު ކުރައްވަވާކަމަށް އުންމީދުކުރާށެވެ! 

ހަމައެއާއިއެކު ކުރަންޖެހޭނެ ކަމެއް އެބައޮތެވެ! އެއީ ތިމާއަށް ކުރިމަތިވެފައިވާ ހުރިހާ ކަންބޮޑުވުންތަކެއް ދުރުގައި ބޭއްވުމެވެ. އެއީ މިވަޤުތުކޮޅަކީ ތިމާ، ތިމާގެ ވެރި ރައްބަށް ޚާއްޞަކުރާ ވަޤުތުކޮޅަކަށްވާތީއެވެ. އެގޮތަށް އެކަންތައް ކޮށްފިނަމަ ތިބާގެ ހުރި ކަންބޮޑުވުންތައް ﷲ ތަޢާލާ ފިލުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

--ޑރ. ޝިހާމްގެ ވާހަކަފުޅު އަޑުއައްސަވާލައްވަން:

 

 

މިއަދު އޮންލައިން