ރޯދަވެރިޔާއަށް 2 އުފަލެއްވޭ:
1- ރޯދަވެރިޔާ ރޯދަ ވީއްލުމުން ބަނޑުހައިހޫނުކަން ފިލައިދިއުމުން ލިބޭ އުފާ
2- ރޯދަވެރިޔާ ﷲ ތަޢާލާގެ ދަރުބާރަށް ޙާޟިރުވާ ދުވަހު އޭނާގެ ހެޔޮކަމުގެ ތިލަފަތަށް ރޯދައިގެ ސަބަބުން ޖަމާވެފައިވާ ޘަވާބުގެ ގިނަކަން އެނގުމުން ލިބޭ އުފާ
ހުރިހާ އަޅުކަމަކަށް ހެޔޮ ޖަޒާ ދެއްވަނީ ﷲ އެވެ. ރޯދަ ފިޔަވައި އެހެނިހެން އަޅުކަންތަކަށް ހެޔޮ ޖަޒާ ދެއްވަނީ 10 ގުނައިން ފެށިގެން 700 ގުނައިން ގޮސް ﷲ އިރާދަކުރައްވާ ވަކި މިންވަރަކަށެވެ.
އެކަމަކު ރޯދައަށް ﷲ ހެޔޮ ޖަޒާދެއްވަނީ ހިސާބެއް މިންވަރެއް ކަނޑައެޅުއްވެވުމެއް ނެތި މާބޮޑަށް ދީލަތިވަންތަކަމާއެކުގައެވެ.
ރޯދަވަނީ ތިމަން އިލާހަށެވެ" ޙަދީޘް މީގެ މުރާދަކީ ރޯދައިގެ އަޅުކަމަކީ އޭގައި ދެއްކުންތެރިކަމެއް ނުވާ، ﷲ އަށް ޚާލިޞްކޮށް އަދާކުރެވޭ އަޅުކަމެކެވެ.
ރޯދައަކީ އައްޑަނައެއް! ރޯދައިގެ އައްޑަނައިން ތިބާ އެތައްކަމަކުން ޙިމާޔަތްކޮށްދޭނެ އައްޑަނަ ވަރުގަދަ ކުރުމަކީ އައްޑަނައިގެ ވެރިޔާގެ ޒިންމާއެއް!
- ޝައިޚް އަޙްމަދު ރިމާޒް