ރަހަ ނުބައިވެއްޖެނަމަ ކުރިމަތިލާންޖެހޭ ޙަމަލާތައް ބޮޑުކަމުން ރަހަބަލަން އެބަޖެހެއެވެ! ރަހަ ބެލުމުގަ ޢަމަލުކުރަންޖެހޭ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ރަހަ ނުބައިވެއްޖެނަމަ ކުރިމަތިލާންޖެހޭ ޙަމަލާތައް ބޮޑުކަމުން ރަހަބަލަން އެބަޖެހެއެވެ! ރަހަ ބެލުމުގަ ޢަމަލުކުރަންޖެހޭ ގޮތް-

ރަމަޟާން މަހުވެސް ގިނަ ބައަކު ބޭނުންވާނީ ކާތަކެތީގައި އެންމެ މީރު ރަހަލުމެވެ. ކިރިޔާ ރަހަ ތަފާތުވިނަމަވެސް އެކިވަރުގެ ޙަމަލާތައް ކުރިމަތިވެއެވެ. އެހެންވެ ކައްކާއިރު ރަހަބެލޭނެތޯ އާއި ރަހަ ބެލުމުގަ ޢަމަލުކުރަންޖެހޭ ގޮތާއި ބެހޭގޮތުން ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަން އޮތީ ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ

ރޯދައަށްހުރެ ކާބޯތަކެތީގެ ރަހަ ބަލަން ޖެހޭ ގިނަ ބައަކު އުޅެއެވެ. ޚާއްޞަކޮށް އަންހެންވެރިންނެވެ. ބައެއް ގޭގޭގައި އެކަނބަލުން ބަދިގޭގައި ތިބެ މަސައްކަތްކުރަން ޖެހެނީ ފުޅަނގީގެ ޙާލަތުގައެވެ. އެއީ މައްޗަށް އަރައިފިނަމަ ހޯރަ ކައިލާނެތީއެވެ. އަޑިއަށް ހިނގައްޖެ ނަމަ މިޔަރު ކައިލާނެތީއެވެ. ސަލާމަތް އެއްވެސް ގޮތެއް ނުއޮންނާތީއެވެ. 

ރަހައަށް ކިތަންމެ ކުޑަ ބަދަލެއް އައިނަމަވެސް ވަށައިގެން ހަމަލާތައް އަންނާނެތީއެވެ. 

ރަހަބެލުމާއި ބެހޭގޮތުން ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއފައިވަނީ ރަހަބެލުމަށް ބޭނުންވާ މިންވަރު ދުލުގައި ޖައްސައިލެވިދާނެ ކަމަށެވެ. ނަމަވެސް އެ މިންވަރުވެސް ދިރުވައިގެން ނުވާނެ ކަމަށެވެ. މާނައަކީ ކަރުން އެތެރެކޮށްގެން ނުވާނެ ކަމަށެވެ. 

މިކަމާއި ގުޅިގެން ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ ރަހަބެލުމަށްފަހު އަނގައިން ރަހަކެނޑޭވަރަށް ސާފު ފެންފޮދަކުން ކޯދޮވެ އަނގައިން ރަހަކަނޑުވަން ޖެހޭނެ ކަމަށެވެ. އެކަން ކުރަންވާނީ އެހައިވެސް ފަރުވާތެރިކަމާއިއެކުގައި ކަމަށެވެ.

 

މިއަދު އޮންލައިން