ފުރަތަމަ ބަލައިލަންވީ އަޅުކަމަކީ ކޮބައިތޯއެވެ. ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެމަގުން، އެކަލާނގެ ހުއްދަކުރައްވަވާފައިވާ ކޮންމެ ކަމެއް އިޚްލާޞްތެރިކަމާއިއެކު ކުރުމަކީ އަޅުކަމެކެވެ. ތިމާ އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަކީވެސް އަޅުކަމެކެވެ.
ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ މުޅި ރޭ، ރޭއަޅުކަންކުރިކަމުގެ ޘަވާބު ލިބޭނީ ރޭގަނޑު ހަތަރުދަމު ރޭއަޅުކަންކުރުމުން ކަމަށެވެ. ނަމަވެސް އެއީ އަދި އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ.
ޝައިޚް އިބްރާހީމް ވިދާޅުވެފައިވެއެވެ. "ރޭއަޅުކަންކުރަން އޮތީ އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކުންނެވެ. އިމާމް މީހާއާއިއެކު ތަރާވީޙް ނަމާދުކޮށް އިމާމް އާއިއެކުގައި ސަލާމްދީފި މީހަކަށް މުޅި ރޭ، ރޭއަޅުކަންކުރިކަމުގެ ޘަވާބު ދެއްވަވާނެތެވެ."
ޑރ. މުޙައްމަދު އިޔާމް ޢަބްދުއްލަޠީފްވެސް ވަނީ ހަމަ މިމޭރުމުން ވިދާޅުވެފައެވެ.
"އިމާމް ނިމެންދެން އިމާމާއިއެކުގައި ތަރާވީޙް ނަމާދުގައި ބައިވެރިވެއްޖެނަމަ އެމީހަކަށް މުޅި ރޭ އަޅުކަންކުރި ކަމުގެ ސަވާބު ދެއްވަވާނެ! އިން ޝާ ﷲ"
އަދިވެސް ޑރ. އިޔާޟް ވިދާޅުވެފައިވެއެވެ.
"ބަރަކާތްތެރި ރަމަޟާން މަހަށް މަރުޙަބާ! މިއީ ހެޔޮކަމުން ފުރިގެންވާ މައްސަރެވެ. އެހެންކަމުން ވީހައި ގިނަ ހެޔޮ އަމަލުތައް ކުރެވޭތޯ ބަލަން ވާނެއެވެ. އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ވާނެއެވެ. އުޅުމާއި ގުޅުންތައް އިޞްލާޙްކުރަން ވާނެއެވެ.
މިއީ އެ މައްސަރެއްގައި ކީރިތި ޤްރުއާން ބާވައިލައްވަން ފެށްޓެވި މައްސަރަށް ވީތީވެ ވީހައި ގިނައިން ޤްރްއާން ކިޔަވަންވާނެއެވެ. ތަރާވީޙް ނަމާދުގައި އިމާމް ނިމެންދެން އިމާމާއިއެކުގައި ބައިވެރިވެ ނަމާދުކޮށްފިނަމަ މުޅި ރޭ އަޅުކަންކުރި ކަމުގެ ސަވާބު ލިބޭނެއެވެ. އިން ޝާ ﷲ!
މިރަނުގެ ފުރުޞަތު ނަންގަވައި ނުލައްވަވާށެވެ!"
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް