ރަމަޟާން މަހަށް ހުޅުއްވަވާ އުޑުތަކާ ސުވަރުގޭގެ ދޮރުކޮޅުތަކުން ވަދެވޭނީ ހިތް ހުޅުވާލެވިގެން! ހިތް ހުޅުވާލަން ކުރަން އޮތް ކަމަކީ ރޭއަޅުކަންކުރުން!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ރަމަޟާން މަހަށް ހުޅުއްވަވާ އުޑުތަކާ ސުވަރުގޭގެ ދޮރުކޮޅުތަކުން ވަދެވޭނީ ހިތް ހުޅުވާލެވިގެން! ހިތް ހުޅުވާލަން ކުރަން އޮތް ކަމަކީ ރޭއަޅުކަންކުރުން!: ޝައިޚް އަބޫބަކުރު ޒައުދު

ރަމަޟާން މަހަށް އުޑުތަކާއި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވަތެވެ. ސުވާލަކީ ތިބާގެ ހިތް ހުޅުވަން މަސައްކަތް އެބަކުރަމުހެއްޔެވެ؟ ނުކުރެވޭނަމަ އަވަހަށް އެކަމަށް މަސައްކަތްފަށާށެވެ! ތިބާގެ ހިތް ހުޅުވިގެން ނޫނީ ލިބޭނެ ކާމިޔާބީއެއް ނެތުމުންނެވެ.  

މީސްތަކުންގެ ހިތް ތަޅުލެވިގެންދަނީ އެމީހުންގެ ޢަމަލުތަކުގެ ސަބަބުންނެވެ. އެއީ ފާފަތައް ކުރެވޭތީ އާއި އަޅުކަމާއި ދުރުގައި ހުރެވޭތީއެވެ. ވީމާ ތިމާގެ ހިތް މިކަންކަމުން ސަލާމަތްކުރަން ގަދައަޅައި މަސައްކަތްކުރަންޖެހޭނެއެވެ.  

އެކަމަށް އޮތް އެންމެ ފަސޭހަ އެއް މަގަކީ ރޭއަޅުކަންކުރުމެވެ. ދުޢާކުރުމެވެ. ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދަންނަވަމުން ގެންދާށެވެ. ހަމައެއާއިއެކު އަދާކުރަންޖެހޭ ފަރުޟުތަކަށާއި ސުންނަތް އަޅުކަން ކުރުމަށް ސަމާލުކަންދޭށެވެ! ކިޔަމަންތެރިކަން އިތުރުކުރާށެވެ!  

ބަރަކާތްތެރި ރަމަޟާން މަހަކީ ރަޙްމަތުން ފުރިގެންވާ މައްސަރެވެ. ފާފަފުއްސަވައި މީސްތަކުން ސުވަރުގެ ވައްދަވައި ދެއްވައި ދެއްވަވާ މައްސަރެވެ. ރަމަޟާން މަހު ލިބިގެންދާ މިފަދަ ފުރުޞަތުތަކުގެ ފައިދާ ލިބިގަނެވޭނީ ތިމާގެ ހިތް ހުޅުވައިލެވިގެންނެވެ. ﷲ ތަޢާލާ އާއި ކުއްތަންވެވިގެންނެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން