އިތުރު އަންހެނަކާ ކައިވެނިކުރަން ބޭނުންވެގެންވެސް އޭނާގެ ގާތުގައި ތިމާގެ އަނބިމީހާ ނުރުހޭނެ އޭނާގެ ވާހަކަތައް ދެއްކުމަކީ ޣީބަބުނުން! އެކަންވާނީ ކުރެވޭ ބޮޑު ފާފައަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އިތުރު އަންހެނަކާ ކައިވެނިކުރަން ބޭނުންވެގެންވެސް އޭނާގެ ގާތުގައި ތިމާގެ އަނބިމީހާ ނުރުހޭނެ އޭނާގެ ވާހަކަތައް ދެއްކުމަކީ ޣީބަބުނުން! އެކަންވާނީ ކުރެވޭ ބޮޑު ފާފައަކަށް!

ދަރިންގެ ކުރިމަތީގައި ދެމަފިރިން ދެބަސްވެ ޒުވާބުކުރާނަމަ ދަރިންނަށް އެކަން ދަސްވާނެއެވެ. އަދި މައިންބަފައިންނާއި ޒުވާބުކުރުމަކީ ކޮށްގެން ނުވާނެ ކަމެއްކަމަށް ކުދިން ޤަބޫލެއް ނުކުރާނެއެވެ. ވީމާ މިއީ ދެމަފިރިންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭނެ ކަމެކެވެ.

ހަމައެއާއިއެކު ދެމަފިރިންކުރެ އެއްވެސް މީހަކު ބައިވެރިޔާ ނުރުހޭނެ ވާހަކަތައް އެހެން މީހުންގެ ގާތުގައި ދެއްކުމަކީ ޣީބަ ބުނުމެވެ. އެއީ ބޮޑުފާފައެކެވެ. ވީމާ އިތުރު އަންހެނަކާއި ކައިވެނިކުރަން ބޭނުންވެގެންވެސް އޭނާގެ ގާތުގައި ތިމާގެ އަނބިމީހާގެ (އޭނާ ނުރުހޭފަދަ) ވާހަކަތައް ދެއްކުންވާނީ ޣީބަބުނުން ކަމަށެވެ. އެމީހަކު ފާފަވެރިވާނެ ޢަމަލަކަށެވެ!

މިއީ ދެމްފިރިންވެސް ވިސްނަންޖެހޭނެ ކަމެކެވެ. އަނބިމީހާ ފިރިމީހާ އާއިމެދު ހިތްހަމަނުޖެހުނަސް އޭނާ ނުރުހޭނެފަދަ ވާހަކަތައް މީހުންގެ ޣާތުގައި ނުދައްކާށެވެ. އެއިރުން އެކަންވާނީ ހަމަ ޣީބަބުނުމަށް ކަމުގައިވާތީއެވެ.  

- ހީނާ ޚާން މުޚްތާރުގެ ބަސްފުޅަކުން

މިބަސްފުޅަކީ ކޮންމެ މީހަކުވެސް ވިސްނައިލުން ވަރަށް މުހިންމު ބަސްފުޅެކެވެ. އެހެން މީހުންގެ ލޯބި ހޯދަން ތިމާގެ ބައިވެރިޔާގެ ނުބައި ވާހަކަތައް ދެއްކުން މިވަނީ ޢާންމުކަމަކަށްވެފައެވެ. ގިނަފަހަރު ވާހަކަ ދެއްކެނީވެސް ބޮޑުކޮށްލައިގެންނެވެ. އެމީހަކު ބޭނުންވާ ގޮތަކަށެވެ.

ބައިވެރިޔާގެ ޙަޤީޤަތްވެސް ހާމަކުރަންޖެހޭނީ ކޮންމެހެން ހާމަކުރަންޖެހޭ ޙާލަތުގައެވެ. އެއީ އެހެން މީހުންގެ ލޯބި ހޯދަން އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ޚާއްޞަކޮށް ބައިވެރިޔާ ނުރުހޭނެ ފަދަ ވާހަކަތައް އެއްގޮތަކަށްވެސް ދައްކައިގެން ނުވާނެއެވެ.

ވިސްނާލުން މުހިންމު އެއްކަމަކީ ﷲ ތަޢާލާ އެކަމަކީ ފާފައެއް ކަމުގައި ލައްވަވާފައިވާ އެއްވެސް ކަމެއް ކޮށްގެން އެމީހަކަށް ޙަޤީޤީ ފައިދާއެއް ނުކުރާނެ ކަމެވެ. ކަންކަމުން ފައިދާކުރާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް އެކަމެއް ކުރުމުން ކަމެވެ.

މިއަދު އޮންލައިން