ލިޕްސްޓިކް ޖައްސައިގެންހުރެ ވުޟޫކުރާނަމަ ފެނެއްނުޖެހޭނެ! ފެން ނުޖެހި ވުޟޫ ޞައްޙައެއް ނުވާނެ!: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ލިޕްސްޓިކް ޖައްސައިގެންހުރެ ވުޟޫކުރާނަމަ ފެނެއްނުޖެހޭނެ! ފެން ނުޖެހި ވުޟޫ ޞައްޙައެއް ނުވާނެ!: ޝައިޚް ޢާޞިމް އަލްޙަކީމް

ލިޕްސްޓިކް ޖައްސައިގެން ތިބެ ވުޟޫކުރުމާއިބެހޭ ގޮތުން ގިނަ ބައަކު ސުވާލުކުރެއެވެ. ޖަވާބުގައި ބުނަން އޮތީ ބޭނުން ކުރެވޭ ގިނަ ލިޕްސްޓިކް އުފައްދާފައި ހުންނަނީ ފެން ނުޖެހޭ ގޮތަށެވެ. މާނައަކީ ވޯޓަރޕްރޫފްކޮށެވެ. ވީމާ ލިޕްސްސްޓިކް ޖައްސައިގެން ހުރެ ވުޟޫކުރާނަމަ އެތަނުގައި ފެނެއް ނުޖެހޭނެއެވެ. ވީމާ ވުޟޫކުރުމުގެ ކުރިން ލިޕްސްޓިކް ރަނގަޅަށް ދޮވެ ސާފުކޮށްލައި ފެންޖެހޭނެ ގޮތް ހަދަން ބޭނުންވާނެއެވެ.

މޭކަޕަކީ ވަރަށް ފަސޭހައިން ފިލުވައިލެވިދާނެ އެއްޗެކެވެ. ނަމަވެސް ލިޕްސްޓިކްގެ އަސަރު ފިލުވައިލެވޭނީ ރަނގަޅަށް ސާފުކޮށްގެންނެވެ.

ވުޟޫކުރާއިރު މުޅި މޫނުގައި ފެންޖައްސަން ޖެހޭނެއެވެ. ތުންފަތަކީވެސް މޫނުގެ ބައެކެވެ. ވީމާ ތުންފަތުގައިވެސް ރަނގަޅަށް ފެންޖައްސަންޖެހޭނެއެވެ. ވުޟޫކުރުމަށްފަހު ލިޕްސްޓިކް ޖެއްސުމަކުން މައްސަލައެއް ނެތެވެ.

--ޝައިޚް ޢާޞިމް އަލްޙަކީމްގެ ޖަވާބަކުން

 

މިއަދު އޮންލައިން