ރޯދައަށްހުރެ ކުރަންވާނީ ރޯދައަށް ފައިދާކުރާނެ ކަންކަން- ދީނުގަ ހުއްދަ ނަމަވެސް ރޯދައަށް ފައިދާ ނުކުރާނެ ކަންކަން ކުރުމުން ދުރުހެލިވާންޖެހޭނެ!: ޝައިޚް ނިމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ރޯދައަށްހުރެ ކުރަންވާނީ ރޯދައަށް ފައިދާކުރާނެ ކަންކަން- ދީނުގަ ހުއްދަ ނަމަވެސް ރޯދައަށް ފައިދާ ނުކުރާނެ ކަންކަން ކުރުމުން ދުރުހެލިވާންޖެހޭނެ!: ޝައިޚް ނިމާލް

ހިފާ ރޯދަ ރޯދައަކަށް ހެދުމަށްޓަކައި ރޯދައަށް ހުރެ ކުރަން ވާނީ ރޯދައަށް ފައިދާ ކުރާނެ ކަންކަމެވެ. ރޯދައަށް ހުންނައިރު ރޯދައަށް ފައިދާ ނުކުރާނެ ކަންކަމާއި ދުރުހެލިވާން ޖެހޭނެ އެވެ.  

ކުޅިވަރު ކުޅުމަކީ ރޯދައަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށްވާއިރު ރޯދައަށް ހުރެ ކުޅިވަރު ކުޅުން ފަދަ ކަންކަމާއި ދުރުހެލިވާންވާނެ އެވެ. ޚާއްސަކޮށް ފަހު ދިހައިގެ ދުވަސްތަކުގައި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެވެ.  

ފުޓްބޯޅަ އަދި އެނޫންވެސް އެފަދަ ކުޅިވަރުތައް ކުޅުމަކީ ހަށިގަނޑަށް ކަސްރަތުލިބޭތީ އެއިގެ ޒާތުގައި ކުރަން ރަނގަޅު ކަމެއް ނަމަވެސް ރަމަޟާން މަހަކީ ކުޅިވަރު ކުޅުމުގެ މޫސުމެއް ނޫނެވެ.. އެހެންކަމުން ކުޅިވަރު ކުޅުން، ކުޅިވަރު މުބާރާތް ބޭއްވުން ފަދަ ކަންކަން ކުރަންވާނީ ރޯދަމަސް ނިމި ޢީދު އައުމުން ޢީދުގައެވެ.  

ކަން މިހެން އޮތް ނަމަވެސް އެކަމަށް ބެލުމެއް ނެތި ފަހު ދިހައިގެ ތެރޭގައިވެސް ކުޅިވަރު ކުޅެ މުބާރާތްތައްވެސް ބާއްއެވެ. ނަމަވެސް އެއީ އެކަން ކުރަން އޮތް ގޮތެއް ނޫނެވެ.  

ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ރޯދައަކީ ހަމައެކަނި ބަނޑުން (ނުކައި ހުރެގެން) ކުރާ ކަމަކަށް ހަދައިގެން ނުވާނެއެވެ. ރޯދަ ހަދަން ޖެހޭނީ އަދި ފުރިހަމައަށް ރޯދަ ހިފޭނީ ހަށިގަނޑުގެ ހުރިހާ ގުނަވަންތަކުން ރޯދަ ހިފުމުންނެވެ. އަދި އެއިގެ މާނައަކީ ރޯދައަށް ހުންނައިރު ހަށިގަނޑުގެ ހުރިހާ ގުނަވަންތަކުންވެސް ކުރަންޖެހޭނީ ރޯދައަށް ފައިދާކުރާނެ ކަންކަމެވެ.  އަޅުކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.  

- ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސަކުން

މިއަދު އޮންލައިން