ތަރާވީޙް ނަމާދުގައި އައްތަޙިއްޔާތު ކިޔާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ތަރާވީޙް ނަމާދުގައި އައްތަޙިއްޔާތު ކިޔާނެ ގޮތް-

ތަރާވީޙް ނަމާދުގައި ކިޔާނީ ފަހު އައްތަޙިއްޔާތު އެކަނި ހެއްޔެވެ؟ ނުވަތަ ފުރަތަމަ އައްތަޙިއްޔާތާ ފަހު އައްތަޙިއްޔާތުވެސް ކިޔަން ޖެހޭނެ ހެއްޔެވެ؟ 

ތަރާވީޙް ނަމާދާ އަދި އެހެން ސުންނަތް ނަމާދުތަކުގައިވެސް، ކޮންމެ ދެ ރަކުޢަތެއް ނިންމުމުގައި ފުރަތަމަ އައްތަޙިއްޔާތު ކިޔާފައި ފަހު އައްތަޙިއްޔާތުވެސް އެއްކޮށް ކިޔަންވާނެއެވެ. 

ނަމާދުކުރާމީހާ (އައްތަޙިއްޔާތުގައި) التشهد ކިޔުމަށްފަހު ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔަވާނީއެވެ. އެއަށްފަހު ހަތަރު ކަމަކުން ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދޭނީއެވެ. އެ ހަތަރު ކަމަކީ ނަރަކައިގެ ޢަޛާބާއި، ކައްވަޅުގެ ޢަޛާބާއި، ދިރިއުޅުމާއި މަރުވުމުގެ ފިތުނައާއި، އަލްމަސީޙުއް ދައްޖާލުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށެވެ. 

އަދި އެއަށްފަހު (ނަމާދުގައި) ފުރުސަތު ލިބުނު މިންވަރަކަށް އޭނާގެ ރައްބުގެ ޙަޟްރަތަށް އެކި ކަންކަމަށް އެދި ހެޔޮ ދުޢާކޮށް، ނުބައިކަންކަމުން ރައްކާތެރިކަމަށް އެދިދަންނަވައި އަދި ހެޔޮކަންކަމަށްވެސް އެދޭނީއެވެ. އައްތަޙިއްޔާތަކީ ދުޢާކުރާ ވަގުތެކެވެ. އައްތަޙިއްޔާތު ކިޔުމުގައި، التشهد އާއި ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔަވާ ނިމުމުން ފަރުޟުނަމާދުތަކާއި ސުންނަތް ނަމާދުތަކުގައިވެސް ދުޢާކުރެވޭނެއެވެ. 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

(ثُمَّ لْيَتَخَيَّرْ بَعْدُ مِنَ الْمَسْأَلَةِ مَا شَاءَ) [رواه مسلم]

މާނައީ: "ދެން އެއަށްފަހުގައި، އޭނާ އެދޭކަމެއް ޚިޔާރުކޮށް ދުޢާކުރާ ހުށިކަމެވެ." 

މިއީ ފަރުޟު ނަމާދުތަކުގައިވެސް އަދި ސުންނަތްނަމާދުތަކުގައިވެސް އަދާކުރުމަށް ޝަރުޢުކުރައްވާފައިވާ ސުންނަތެކެވެ. 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން