ޚުޠުބާ: އަނބިދަރިން ރޭއަޅުކަމަށް ހޭލައްވާށެވެ! ފަހުދިހައިގަ އަޅުކަމަށް ހީވާގިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ޚުޠުބާ: އަނބިދަރިން ރޭއަޅުކަމަށް ހޭލައްވާށެވެ! ފަހުދިހައިގަ އަޅުކަމަށް ހީވާގިވާށެވެ!

މުސްލިމް އަޚުންނޭވެ! ތިޔަބައިމީހުން މާތް الله އަށް تَقْوَى ވެރި ވާށެވެ! އެނބުރި ރުޖޫޢަވާންޖެހޭ ދުވަހުގެ ދަތުރަށް ލިބިގެންވާ އެންމެ ރަނގަޅު ކޮއްތަކީ تَقْوَى ވެރިކަން ކަމުގައި ތިޔަބައިމީހުން ދަންނާށެވެ! تَقْوَى ވެރިވުމަށް އަވަސްވެގަންނާށެވެ! މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حَضْرَةُ ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރު ކުރައްވާފައި ވަނީ، تَقْوَىވެރިންނަށެވެ."  

މުސްލިމް އަޚުންނޭވެ! ބަރަކާތުން ފުރިފައިވާ ދުވަސްތައް  ފެށުނުތާ އަދި މާގިނަ ދުވަސްތަކެއް ވީހެނެއް ހިޔެއް ނުވެއެވެ. މިހާރު މިވަނީ ނިމުމަކާ ގާތްވެފައެވެ. އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް ރޭގެ ދަރުމަ ލިބޭތޯ ރޭ އަޅުކަން އިތުރު ކުރުމަށް މަސައްކަތް ކުރާށެވެ! ރަސޫލު الله z  އެކަލޭގެފާނުގެ އަހުލުބައިތުންވެސް ރޭއަޅުކަމަށް ނަންގަވައެވެ. ފަހުދިހައިގާ އިހުނަށް ވުރެ ބޮޑަށް ހީވާގިވެ ވަޑައިގަންނަވައެވެ. އިޢުތިކާފަށް އިންނަވައެވެ. أُمُّ الْمُؤْمِنِيْنَ السَّيِّدَةُ عَائِشَة رَضِيَ الله عَنْهَا ގެ އަރިހުން ރިވާވެފައިވާ ބަސްފުޅެއްގައިވެއެވެ. "ރަސޫލު الله z ދުނިޔެ ދޫކުރެއްވުމާ ހަމައަށް ރަމަޟާންމަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިންނެވިއެވެ." 

މުސްލިމް އަޚުންނޭވެ! މާތް ނަބިއްޔާ އަށް ޞަލަވާތް ކިޔަވާށެވެ! މާތް الله ވަނީ އެކަމަށް އަމުރު ކުރައްވާފައެވެ. އެކަލާނގެ وَحِى ކުރައްވާފައިވެއެވެ. -- މާނައީ: "ހަމަކަށަވަރުން الله އާއި އެކަލާނގެ مَلَائِكَةُ ން ނަބިއްޔާގެ މައްޗަށް صَلَوَات ލައްވަތެވެ. އޭ إِيْـمَانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި دُعَاء ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سَلَام ލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން دُعَاء ކުރާށެވެ!"

 

މިއަދު އޮންލައިން