ކުދިކުދި ކަންކަން ކަމަށް ހީކުރެވި ކުރެވިފައިވާ ކުދިފާފަތައް ގިނަވެ ބޮޑެތި ފަރުބަދަތައް ސައިޒުގަ ފުނިވަރުތައް ފަދައިން ޤިޔާމަތް ދުވަހު ފެނުމުން މީހާ އަންތަރީސްވެ ކަޅިހުއްޓޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކުދިކުދި ކަންކަން ކަމަށް ހީކުރެވި ކުރެވިފައިވާ ކުދިފާފަތައް ގިނަވެ ބޮޑެތި ފަރުބަދަތައް ސައިޒުގަ ފުނިވަރުތައް ފަދައިން ޤިޔާމަތް ދުވަހު ފެނުމުން މީހާ އަންތަރީސްވެ ކަޅިހުއްޓޭނެ!

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ މިކުރެވެނީ ވަރަށް ކުޑަކުޑަ ފާފައެއް ކަމަށާއި މިހައި ކުޑަކުޑަ ފާފައެއް ކުރެވުނު ނަމަވެސް އެއީ މާބޮޑު ކަމެއް ނޫން ކަމަށެވެ. ކޮށްލާ އެންމެ ހެޔޮ އަމަލުކުން މިފަދަ ހުރިހާ ކުދިކުދި ފާފަތައް ފޮހެވިގެން ހިނގައިދާނެ ކަމަށެވެ. 

މީސްތަކުންނޭވެ! އެއްގޮތަކަށްވެސް އެގޮތަށް ނުވިސްނާށެވެ! އެކަމަށް އެދުމުން ކުރެވޭ ކުދިކުދި ފާފަތައް ﷲ ތައާލާ ފުއްސަވައި ދެއްވަވަތެވެ. ނަމަވެސް ފުއްސަވައި ދެއްވެވި ކަމެއް އަދި  ފުއްސަވައި ދެއްވެވީ ކޮންކޮން ކޮން ފާފަތަކެއް ކަމެއް ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވާނީ ހަމަ އެކަނި ﷲ ތައާލާއެވެ. 

އެންމެ ބޮޑަށް ވިސްނަން ޖެހޭނީ ފާފައެއް ކުރެވުމާއި ކުރުމާއި އެއީ މުޅިން ދެކަމެއް ކަމެވެ. ކުދި ފާފަ ނަމަވެސް ތަކުރާރުކޮށް ކުރަމުން ގެންދާނަމަ ބިރުވެތިވާންޖެހޭނެއެވެ. ދުވާލަކު 4،5 ފަހަރު ނުވަތަ ކޮންމެ ދުވަހަކު އެއްބާވަތެއްގެ ފާފަ ކުރެވޭނަމަ އެއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. އެއީ ކިތަންމެ ކުދި ފާފަތަކެއް ނަމަވެސް އެކަމަށް ބިރުވެތިވާން ޖެހޭނެއެވެ. 

ފާއިތުވެގެން މިދަނީ ރަމަޟާން މަހުގެ ދުވަސްތަކެވެ. ކިތަންމެ ކުޑަ ނަމަވެސް އެންމެ ފާފައެއް ނަމަވެސް ނުކުރަން އަޒުމް ކަނޑައަޅައިގެން މަސައްކަތްކުރާށެވެ. އެއިރުން ރަމަޟާން މަސް ނިމޭއިރު މީހާ ހުންނާނީ އެކަމަށް ހޭނިފައެވެ. ފާފަ ކުރުމާއި ދުރުހެލިވާން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ ކޮންމެ މީހަކަށް ﷲ ތައާލާ މަގުދައްކަވާނެތެވެ. 

ދުނިޔޭގައި ހުރެ ކުރި އަމަލުތައް ޤިޔާމަތް ދުވަހު އެކަލާނގެ ހާމަކުރައްވަވާއިރު ތިބާ ދުނިޔޭގައި ހުރެ ކުޅަ އެންމެހައި އަމަލުތައް ހާމަކުރައްވަވާނެތެވެ. އެއިގެ ތެރޭގައި ކުދި ފާފަތައް ކަމުގައި ބަލައިގެން ފާފަކޮށްފައިވާ މީހުންގެ ފާފަތައް ބިޔަ ފަރުބަދަތައް ފަދައިން ފުނިފުނިވަރުގެ ގޮތުގައި ފެންނާނެއެވެ. އެ ފަރުބަދަތައް ފެނި އެމީހަކު އަންތަރީސްވާނެއެވެ. ކަޅި ހުއްޓޭނެއެވެ. ތަލިން ކުޅު ހިކޭނެއެވެ. ހަތަރު އުދަރެސް ފެނުގައި ޖެހޭނެއެވެ. އެހެނީ އެއީ ކުޑަކުޑަކަމެއްކަމަށް ބަލައި ކޮށްފައިވާ ހުރިހާ ފާފަތަކެއް އެއްކޮށްލުމުން ހެދިފައިވާ ފުނިވަރުތަކުގެ ބޮޑުކަމުންނެވެ. 

 -އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން