ކުރިއަށްމިދާ ރަމަޟާން މަހުވެސް ފަހު ދިހައިގަވެސް، އަދި އަބަދުވެސް ޙާޞީލްކުރަން ބޭނުންވާ ހުރިހާ ކަމެއް ހިމެނިގެންވާ ކުރު ދުޢާއެއް- ޤުރްއާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ކުރިއަށްމިދާ ރަމަޟާން މަހުވެސް ފަހު ދިހައިގަވެސް، އަދި އަބަދުވެސް ޙާޞީލްކުރަން ބޭނުންވާ ހުރިހާ ކަމެއް ހިމެނިގެންވާ ކުރު ދުޢާއެއް- ޤުރްއާނުން!

رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنتَ خَيْرُ الرَّاحِمِينَ 

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން އީމާންވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވައި، އަޅަމެންނަށް ރަޙްމަތް ލައްވަވާނދޭވެ! އިބަރަސްކަލާނގެއީ، ރަޙްމަތް ލައްވަވާ އެންމެހެޔޮ ރަސްކަލާނގެއެވެ." (އަލް މުއްމިނޫން: 109) 

މިދުޢާގެމާނައަށް ބަލައިފިނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ނިކަމެތިކަމާއިއެކު ފުރަތަމަ މިދަންނަވަނީ ތިމާ މިހުރީ ﷲ ތަޢާލާއަށް އީމާންވެގެންކަމަށެވެ. ދެން މިއެދި އާދޭސްދަންނަވަނީ ކުރެވިފައިވާ ފާފަތައް ފުއްސަވައި ރަޙްމަތް ލައްވަވައިދެއްވުން އެދިއެވެ. 

މިއީ މިމަފަދަ މޫސުމެއްގައި ސަޖިދައިގައި އޮވެގެންވެސް އަދި ދެއަތް އުފުލައިވެސް ގިނަގިނައިން ކުރަން އޮތް ދުޢާއެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން