ކުރިން ކުރިވަރަށް އަޅުކަން ނުކުރެވޭތީ ޙައިޟުވެރިން މާޔޫސްވާންޖެހެންވީ ސަބަބެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ކުރިން ކުރިވަރަށް އަޅުކަން ނުކުރެވޭތީ ޙައިޟުވެރިން މާޔޫސްވާންޖެހެންވީ ސަބަބެއް ނެތް!

ޙައިޟުގެ ދުވަސްވަރު އަޅުކަމާއި ދުރުގައި (އަޅުކަން ނުކުރެވި ހުންނަންޖެހޭތީ) ވަރަށް ގިނަ އަންހެނުން ޝަކުވާ ކުރެއެވެ. ނަމަވެސް އެއީ ޝަކުވާކުރަން އޮތްކަމެއް ނޫނެވެ. 

ޙައިޟްވުމަކީވެސް ބަލީގެ ވައްތަރެކެވެ. މީހަކު ބަލިވުމުގެ ސަބަބުން ކުރިއާއި އެއްގޮތަށް އަޅުކަން ނުކުރެވޭނަމަ އެމީހަކު ކުރިން ކުރަމުން އައި އަޅުކަން އޭނާ ކުރިކަމަށް ލިޔުއްވަވާނެތެވެ. 

ހަމައެކަނި މައްސަލައަކަށްވާނީ ރޯދަ ނުހިފޭތީ ރޯދަވީއްލާ ވަޤުތު ރޯދަވެރިން ފަދައިން ދުޢާނުކުރެވުމެވެ. އެއީވެސް މާޔޫސްވާންވީ ކަމެއް ނޫނެވެ. ޙައިޟްވެގެން ހުރެވެން ދުޢާކުރެވޭނެ ރަނގަޅު ވަޤުތުތައް ބައިވަރެވެ. ރޭގަނޑުގެ ފަހު ބައިގައިވެސް ދުޢާކުރެވޭނެއެވެ. 

- ޝައިޚް ޢާޞިމް އަލްޙަކީމް

މިއަދު އޮންލައިން