ރޯދަ މަހު ބޮޑަށް ސަމާލުވާތި! މީހަކަށް ކިތަންމެ ކުޑަކުޑަ ހެޔޮ ކަމެއް ކޮށްދިންނަމަވެސް އެކަން އެކުރަނީ ﷲ އަށްޓަކައި ކަމަށް ނިޔަތްގަންނަން ޖެހޭނެ!

ކިޔުމަށް ހޭދަވާނީ 2މ 9ސ
ރޯދަ މަހު ބޮޑަށް ސަމާލުވާތި! މީހަކަށް ކިތަންމެ ކުޑަކުޑަ ހެޔޮ ކަމެއް ކޮށްދިންނަމަވެސް އެކަން އެކުރަނީ ﷲ އަށްޓަކައި ކަމަށް ނިޔަތްގަންނަން ޖެހޭނެ!

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވަވާފައިވެއެވެ. 

ألَا وإنَّ في الجَسَدِ مُضْغَةً: إذَا صَلَحَتْ صَلَحَ الجَسَدُ كُلُّهُ، وإذَا فَسَدَتْ فَسَدَ الجَسَدُ كُلُّهُ، ألَا وهي القَلْبُ

މާނައީ: "ދަންނާށެވެ. އަދި ހަށިގަނޑުގައި މަސްކޮޅެއްވާކަން ކަށަވަރެވެ. އެ މަސްކޮޅު ރަނގަޅުވެއްޖެނަމަ، މުޅި ހަށިގަނޑު ރަނގަޅުވެއެވެ. އަދި އެ މަސްކޮޅު ފަސާދަވެއްޖެނަމަ މުޅި ހަށިގަނޑު ފަސާދަވެއެވެ. ދަންނާށެވެ. އެއީ ހިތެވެ."

ހިތުގެ ބައެއް ޢަމަލުތަކުގެ ތެރޭގައި: 

· ނިޔަތް: އަޅުގަނޑުމެން ކުރާ ކޮންމެ ހެޔޮކަމެއް ކުރުމުގެ ކުރީން ހިތުން ނިޔަތް ގަންނަންޖެހެއެވެ. ނިޔަތާ ނުލައި ޢަމަލުތައް ޤަބޫލެއް ނުކުރެވޭނެއެވެ. ކޮންމެ ކަމެއްވެސް ކުރަންވާނީ ﷲ އަށްޓަކައެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

إِنَّمَا الْأَعْمَالُ ‏ ‏بِالنِّيَّاتِ ‏ ‏وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى

ހަމަކަށަވަރުން ޢަމަލުތައް ބިނާވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށް ވެސް އެމީހެއްގެ ނިޔަތާ އެއްގޮތް ޖަޒާ ލިބޭނެއެވެ." 

މީހަކު ކަމަކަށް އެދިމުން ނަމަވެސް ނުވަތަ ތިމާ އަމިއްލައަށް މީހަކަށް ކަމެއްކޮށްދިން ނަމަވެސް އެކަމެއް ކޮށްދިނުމުގެ ކުރިން ތިމާ އެކަން މިކުރަނީ ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެން ކަމުގައި ހިތަށް އަރުވާށެވެ! އެއީ އޭނާގެ ކިބައިން ނުވަތަ އެއްވެސް ކަމަކުން ނުވަތަ އެއްވެސް މީހެއްގެ ކިބައިން ކިތަންމެ ކުޑަކުޑަނަމަވެސް ބަދަލަކަށް އެދިގެން ކުރި ކަމެއް ނަމަ އެކަމަކަށް އެއްވެސް ޘަވާބެއް ނުދެއްވަވާނެކަން ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ!

މިއަދު އޮންލައިން