ފަހުދިހަ ލައިގަނެ އޮނަހިރި ރޭތައް ފެށުނީއެވެ!
ލައިލަތުލްޤަދަރި ވިލޭރޭ ޙާޞިލުކުރަން މަސައްކަތްކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ފަހު ދިހައިގެ ހުރިހާ ޜޭތަކެއްގައި އެކަމަށް މަސައްކަތްކުރުމެވެ.
އެކަން ނުކުރެވޭނެނަމަ ރަމަޟާން މަހުގެ އެންމެ ފަހު 7 ރޭ އެކަމަށް މަސައްކަތްކުރާށެވެ!
އެކަން ނުކުރެވޭނެ ނަމަ އޮނަހިރި ޜޭތަކުގައި (21،23، 25، 27. 29) ގައި މަސައްކަތްކުރާށެވެ!
އެކަން ނުކުރެވޭނެނަމަ 25،27،29 މި 3 ރޭ މަސައްކަތްކުރާށެވެ!
އެކަން ނުކުރެވޭނެނަމަ ހަމައެކަނި 27 ވިލޭރޭ ނަމަވެސް މަސައްކަތްކުރާށެވެ! ނަމަވެސް އެއީ ދެން (ގަދަވެ ސަލާމަތުން ތިބިނަމަ، ކިރިޔާވެސް މަސައްކަތްކުރެވޭވަރުވާނަމަ) އެންމެ ނިކަމެތި ގޮތެވެ. އެންމެ ކަންނެތް މީހުންގެ ގޮތެވެ.
ވިސްނާށެވެ! ރޯދަމަހުގެ އެންމެ މުހިއްމު ދުވަސްތައް މިއޮތީ ބޯމަތި ވެފައެވެ! އަޅުކަމުގައި އިތުރަށް ހީވާގި ވެލައްވާށެވެ! ޤުރްއާން ކިޔެވުމާއި ޞަދަގާތް ކުރުން ފަދަ ހެޔޮ ޢަމަލުތައް އިތުރު ކުރައްވާށެވެ! ރޭއަޅުކަމުގައި ވީހާ ގިނަ ވަގުތު ހޭދަކުރައްވާށެވެ! ލައިލަތުލްޤަދްރިވިލޭރޭ ޙާޞިލްކުރަން މަސައްކަތްކުރުމަކީ އެއީއެވެ!"
- އިސްލާމީ ތިލަފަތުގެ ދަރުސަކުން