މީހަކަށް ދެރައެއް ދީފިނަމަ ޙަޤީޤަތުގަ ދެރަ ލިބޭނީ ދެރަ ދިން މީހަކަށް! ނަމަނަމަ ދެމަފިރިއެއްގެ އުފާވެރިކަން ގެއްލޭނެ ކަމެއް ނުކުރާތި!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މީހަކަށް ދެރައެއް ދީފިނަމަ ޙަޤީޤަތުގަ ދެރަ ލިބޭނީ ދެރަ ދިން މީހަކަށް! ނަމަނަމަ ދެމަފިރިއެއްގެ އުފާވެރިކަން ގެއްލޭނެ ކަމެއް ނުކުރާތި!: މުފްތީ މެންކް

ޙަދީޘްފުޅުން އެނގެން އޮތީ މީހަކަށް ނުވަތަ މީސްތަކުންނަށް އެހީތެރިވުންމަތީގައި މީހަކު ހުރިނަމަ އެމީހަކަށް އެހީތެރިވެވޮޑިގަތުންމަތީގައި ﷲ ތަޢާލާ ދެމިވިޑިގެންވާކަމެވެ. ނަމަވެސް އަހުރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟

 

ގިނަ ބައަކަށް ޢަމަލުކުރެވެމުން މިއަންނަނީ ދިމާ އިދިކޮޅަށެވެ. ބަލަނީ މީހަކަށް ދެރައެއް ދެވޭތޯއެވެ. ގެއްލުމެއް ދެވޭތޯއެވެ. ދެމަފިރިން އުފަލުގައި ދިރިއުޅެމުން ދަނިކޮށް އެއުފާވެރިކަން ނައްތާލައި ބިލާހަކަށް ހެދޭތޯއެވެ.

އެހެންކަމަށްވާއިރު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރާނީ ކިހިނަކުން ހެއްޔެވެ؟ މީހަކަށް ދެރައެއް ދެވިދާނެއެވެ. އެއީ އިންސާނުންނަށް އިޚްތިޔާރު ދެއްވަވާފައިވާކަމެކެވެ. އެކަމަކު ބުނަންހެއްޔެވެ؟ ދެރަ ލިބޭނީ ﷲ ތަޢާލާ އެކަމަށް އިރާދަކުރައްވަވާފައިވާނަމައެވެ.

އަދި އިންސާނުންނަށް ދެއްވަވާފައިވާ އިޚްތިޔާރުގެދަށުން މީހަކަށް ދެރައެއް ދެވުނަސް ޙަޤީޤަތުގައި އެދެރަ އެލިބެނީ އެމީހަކަށެވެ. އެހެނީ އެމީހާ އެކުރާ ނުބައިކަމުގެ ބަދަލު އަނެކާއަށް ދޭންޖެހޭނެ ދުވަސް އަންނާނެތީއެވެ.

ވީމާ އެހެން މީހަކަށް ދެރައެއްދޭން އެއްވެސް ކަމެއް ނުކުރާށެވެ! އެދެރަ އެލިބެނީ އެކަންކުރި މީހަކަށެވެ. ދެރަ ލިބުނު މީހާއަށް އެކަމުން ކުރާނީ ފައިދާއެވެ! ޚާއްޞަކޮށް ދެނަފިރިއެއްގެ ދެމެދަށްވަދެ އެދެމަފރިންގެ އުފާވެރިކަން ގެއްލޭނެ އެއްވެސް ކަމެއް ނުކުރާށެވެ! އެފަދަ ކަމެއްކޮށްފައި ތިމާއަށް އުފަލުގައި ދިރިއުޅެވޭނެކަމަށް ހީވެސް ނުކުރާށެވެ!

--މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން