ބައެއް މީހުން ޢިޝާ ނަމާދުގެ ފަހު ސުންނަތް ނުކޮށް ތަރާވީޙްގައި ބައިވެރިވެއެވެ. އަނެއް ބައަކަށް ފަހުސުންނަތް ކުރަން ފެށޭލެއް ލަސްކަމުން ތަރާވީޙް ނަމާދުގެ ފުރތަމަ 2 ރަކްޢަތުން ބައެއް ގެއްލިގެންދެއެވެ.
ނަމާދަށްފަހު ކޮންމެހެން ކިޔަންޖެހޭ ޛިކުރުތައް ކިޔާލައި އަވަހަށް ފަހުސުންނަތްކޮށްލާށެވެ! ބޭނުންނަމަ ފަހުންވެސް އިތުރަށް ޛިކުރުކުރެވިދާނެއެވެ. ވިސްނާލަން އޮތް ކަމަކީ އެތައް ސަތޭކަ ބައަކު ތަރާވީޙް ނަމާދުގެ އިންތިޒާރީގައި ތިބޭއިރު އެންމެންނަށް ބަލަން އިމާމަށް މަޑުނުކުރެވޭނެ ކަމެވެ.
ތިރީގައިވާ ބަސްކޮޅުވެސް ވިދާޅުވެލައްވާށެވެ!
"ޢިޝާ ނަމާދުގެ ފަހު ސުންނަތަކީ ރަވަވާތިބު ސުންނަތުގެ ތެރޭގައި ހިމެނޭ 2 ރަކްޢަތް ކަމަށްވާތީ އެދެ ރަކްޢަތަށް ރައްކައުތެރިވާން ވާނެއެވެ. އެހެންކަމުން ތަރާވީޙް ނަމާދު ކުރަންފަށަންވާނީ ރަވާތިބް ސުންނަތުގެ 2 ރަކްޢަތް ކުރުމަށްފަހުގައެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް