ކަދުރާ ފެނުން ރޯދަ ވީއްލައި އެހެން ތަކެތި ކެއުމުގެ ކުރިން ފަނަރަ މިނިޓް މަޑުކޮށްލައިފި ނަމަ ކޮހޮރުގެ މައްސަލަތައް ކުޑަވާނެ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކަދުރާ ފެނުން ރޯދަ ވީއްލައި އެހެން ތަކެތި ކެއުމުގެ ކުރިން ފަނަރަ މިނިޓް މަޑުކޮށްލައިފި ނަމަ ކޮހޮރުގެ މައްސަލަތައް ކުޑަވާނެ-

ވައިގެ މައްސަލަތަކާއި ބަނޑުގެ މައްސަލަތައް ގިނަވެ އެކަންކަމުގެ ތަކްލީފް އުފުލަންޖެހޭ މީހުން ގިނަވަމުން އަންނައިރު މިއީ ހަމަ ކޮންމެހެންވެސް ހަނދާންކުރަންޖެހޭ އަދި ޢަމަލުކުރަންޖެހޭ ކަމަކަށްވާތީ ހަނދުމަކޮށްލައިދޭނަމެވެ. 

ޢަމަލުކުރަންޖެހޭ ކަމެއް ކަމަށް މިބުނަނީ ރޯދަވީއްލުމަށްފަހު މަޣްރިބް ނަމާދުނުކޮށް ގިނައިން ކައި ބަނޑުފުރާލުމަކީ މީހާ ލޮޑުވެ މަޣްރިބްނަމާދު ކުރަން އުނދަގޫވާ ކަމަކަށްވާތީއެވެ. 

"ކަދުރު ފަދަ މޭވާ އަކާއި ފެންތަށްޓަކުން ރޯދަ ވީއްލުމަށްފަހު އެހެން ތަކެތި ކެއުމުގެ ކުރިން 15 ވަރަކަށް މިނިޓް މަޑުކޮށްލައިފި ނަމަ ކޮހޮރުގެ މައްސަލަތައް ކުޑަވާނެ"

- އައިޖީއެމްއެޗްގެ ޑައިޓީޝިއަން އާސިޔާ  

ގިނަ ބައަކު ރޯދަ ވީއްލަން ދަނީ މިސްކިތަށެވެ. މިސްކިތުގައި ރޯދަ ވީއްލަނީ ކަދުރާއި ފެނުންނެވެ. އެއަށްފަހު މަޣްރިބް ނަމާދުކޮށްގެން ގެއަށް ދެވޭނީ 15 ވަރަކަށް މިނިޓް ފަހުންނެވެ. އެހެންކަމުން އާސިޔާ އެވިދާޅުވާ ގޮތަށް އެކަން އޮންނާނީ ކުރެވިފައެވެ. 

ގޭގައި ރޯދަ ވީއްލާ އަންހެނުންނާއި ކުޑަކުދިންވެސް ކަދުރާއި ފެނުން ރޯދަ ވީއްލުމަށްފަހު ކެއުމުގެ ކުރިން މަޣްރިބް ނަމާދާއި ފަހު ސުންނަތުގެ 2 ރަކްޢަތް ނަމަވެސް ކޮށްފިނަމަ 15 ވަރަކަށް މިނިޓް އޮންނާނީ ލިބިފައެވެ. އަދި ފަރުޟު ވެސް އަދާކުރެވިފައެވެ. 

މިއީ ރޯދަ ވީއްލަން ރެސްޓޯރަންޓްތަކަށް ގޮސް ބަންގި ގޮވުމުން ބަނޑުފުރެންދެން ކައި އުޅޭ މީސްމީހުން އިތުރަށް ވިސްނައިލުން ރަނގަޅު ކަމެއްކަން ފާހަގަކުރެވެއެވެ. ގިނަ ޤައުމުތަކުގައި ގޭގައި ރޯދަ ވީއްލާ މީހުން ވެސް ރޯދަ ވީއްލުމަށްފަހު ކަނީ ނަމާދުކޮށްގެންނެވެ. ނަމަވެސް ރާއްޖޭގެ ގިނަ ގޭގޭގައި މިގޮތަށް އަމަލު ކުރެވެނީ ކިތައް ގޭގައިބާވައެވެ!

މިއަދު އޮންލައިން