ރަމަޟާން މަސް ނިމުމުގެ ކުރިން ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބިގަންނަން މިކުރާ މަސައްކަތުގަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެއްކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ރަމަޟާން މަސް ނިމުމުގެ ކުރިން ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބިގަންނަން މިކުރާ މަސައްކަތުގަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެއްކަންތައް-

އެއްވެސް ޝައްކެއް ނެތެވެ. ރަމަޟާން މަހުގެ އެންމެ ބޮޑުބޭނުމަކީ ނަރަކައިން ސަލާމަތްވެވި ސުވަރުގެ ޙާޞިލުކުރުމެވެ. އެކަން ކުރެވެން އޮތީ ރަމަޟާން މަހުގެ ޘަވާބު ވީހާ ގިނައިން މަސައްކަތްކުރެވިގެންނެވެ. ޝަޢުބާން މަހުން ފެށިގެން ހަނދާންކޮށްދެމުން މިއަންނަނީ އެކަމެވެ. 

ﷲ ތައާލާ ތަނަވަސްކަން މިންވަރު ކުރެއްވެވުމުން ރަމަޟާން މަސް އަހަރެމެން މިހަދަނީ ވީހައި މީރުކޮށް ކެއުމުގެ ޢީދަކަށެވެ. ކާނާގެ ތަފާތު ބައިތައް ހޯދަން އުޅެންޖެހުންނާއި ކައްކަން ހޭދަކުރަންޖެހޭ ވަގުތު ގިނަކަމުން މިއުޅެނީ އަޅުކަންކޮށްލާނެ ވަގުތުކޮޅެއް ނުލިބިގެންނެވެ. އެހެންކަމާއިއެކުގައިވެސް އަހަރެމެން މިބުނަނީ އަހަރެމެންނަކީ ރޯދަ ހިފާ ބައަކު ކަމުގައެވެ. 

މީސްތަކުންނޭވެ! ވިސްނާށެވެ. ލިބުނު ވަރަކުން މީރުތަކެތިވެސް ކައިބޮއިހަދާށެވެ. ނަމަވެސް ރޯދަމަހު ކުރަން ޖެހޭ އެންމެ މުހިންމު ކަމަކަށް މީރުހައި ތަކެތި ކެއުން ނުހަދާށެވެ. ވީވަރަކުން ޞަދަޤާތް ކުރާށެވެ. މީރުހައި ތަކެތި ކެއުމުން އެތަކެތި ހަށިގަނޑުން އިސާހިތަކު ބޭރުވެގެންދާނީ ނަޖިހަށް ބަދަލުވެ އެއްވެސް އަގެއް ނެތް ގޮތުގައެވެ. އަތް ޖައްސާލަން ބޭނުންނުވާތަނުގައި ވަސް ބަލައިލަންވެސް ބޭނުން ނުވާ ހަޑިމުޑުދާރުއެއްޗެއްގެ ގޮތުގައެވެ 

ނަމަވެސް ތިބާ ޞަދަޤާތެއް ކޮށްފިނަމަ ނުވަތަ ހެޔޮ އަމަލެއް ކޮށްފިނަމަ އެކަން ދުވަހަކުވެސް  ތިބާ އާއި ވަތްކެއް ނުވާނެއެވެ. މިދުނިޔެއާއި ޢާޚިރަތުގައި ތިބާ އާއިއެކު ދެމިހުންނާނެއެވެ. ތިބާ ނަރަކައިން ސަލާމަތްކޮށްދޭ އައްޑަނައަކަށްވާނެއެވެ.  

ރަމަޟާން މަހާއި ބައްދަލުވެވަޑައިގަތުމުން ރަސޫލް () އާއި އިތުރު މާތް ނަބިއްޔާގެ ޞަހާބީން އުޅުއްވެވި ޙާލުކޮޅަށެވެ. އެބޭކަލުން ރޯދަ ހިއްޕެވީ ކޮން ފަދަ ބޮޑު ނިކަމެތި ކަމުގައި އުޅުއްވަވަމުން ހެއްޔެވެ؟ އަހަރެމެން އެންމެ ރެއަކު ކައި މިއުޅޭ މިންވަރަށް އެއިން ބޭކަލަކު މުޅި ރަމަޟާން މަހުގައިވެސް ފަރިއްކުޅުއްވެވިކަން އެނގޭކަށް ނެތެވެ. 

އެހެންކަމާއިއެކުގައިވެސް އެބޭކަލުން ކަންބޮޑުވެވަޑައިގެން އުޅުއްވެވީ އަޅުކަން ނުކުރެއްވިދާނެތީއެވެ. ވާދަކުރެއްވެވީ އަޅުކަން ކުރެއްވެވުމުގައެވެ. ތިއްބެވީ ﷲ ތާޢާލާއަށް ޛިކުރު ކުރެއްވެވުނަ މަތީގައެވެ. ދުޢާ ކުރެއްވެވުން މަތީގައެވެ. ކޮން ކަމަކަށް އެދިވަޑައިގެން ކަމަށް ހެއްޔެވެ؟ އެބޭކަލުން ރަމަޟާން މަހު ކުރައްވަވާ އަޅުކަންތައް ޤަބޫލުފުޅު ކުރެއްވެވުން އެދިވަޑައިގެނެވެ. ހިއްޕަވާ ރޯދަ ޤަބޫލުފުޅު ކުރެއްވެވުން އެދިވަޑައިގެނެވެ. ގެކޮޅުތަކުގައި މީރު ފަރިއްކޮޅުތައް ނެތިގެން މީރުހައި ތަކެއްޗަށް އެދިވަޑައިގެނެއް ނޫނެވެ. 

ދުނިޔެ ނިމޭނެ ދުވަހެއް ލަފާކުރަން އެނގޭނެ މީހަކުވެސް ނެތެވެ. ނަމަވެސް މިހައި އަވަހަށް ކަންކަން މިވަނީ މުޅިންހެން ބަދަލުވެފައެވެ. 

ވީމާ ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެގެންދާއިރު މިކަންކަމާއިމެދު އިތުރަށް ވިސްނާށެވެ! އަހަރެމެންނާއި ބައްދަލުކޮށްފައި މިވާ ބަރަކާތްތެރި ރަމަޟާން މަހުގެ ސަވާބާއި ދަރުމަ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ޙަޤީޤީ ރޯދަވެރިންނަކީވެސް ކާމިޔާބު މީހުންނަކީ ވެސް ހަމައެއީއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން