الْلَّهُمَّ اِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
ޔާ ﷲ! ހަމަކަށަވަރުން އިނބަ ﷲ އީ ގިނަގިނައިން ޢަފޫކުތައްވަވާ އިލާހްއެވެ. ޢަފޫކުރެއްވެވުމަށް ލޯބިވެވޮޑިގަންނަވާ އިލާހްއެވެ. ފަހެ މިއަޅާގެ ކުށްފާފަތައް ޢަފޫކުރައްވަވައިފާނދޭވެ! އާމީން
މީސްތަކުންނޭވެ! މިދުޢާކުރަންވީ 27 ވިލޭރޭ ނުވަތަ އޮނަހިރި ރޭތައް ބަލައިގެނެއް ނޫނެވެ. މިއީ ރަމަމާން މަސް ފެށުނީންސުރެ ކުރަން އޮތް ދުޢާއެކެވެ. ފަހުދިހައިގެ ރޭތަކުގައި ގިނަގިނައިން ކުރަން އޮތް ދުޢާއެކެވެ.
މީސްތަކުންނޭވެ! މިއީ ވަރަށް ކުރު ދުޢާއެކެވެ. ނަމަވެސް މިއީ ކޮންމެ މުސްލިމަކަށްވެސް އެންމެ މުހިންމު ދުޢާއެވެ. އެހެނީ ރަމަޟާން މަހު ނަރަކައިން ސަލާމަތްކުރައްވަވައި ދެއްވަވައި ސުވަރުގެ ވައްދަވާ އަޅަކަށް ވެވޭނީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވައިގެން ކަމުގައިވާތީއެވެ.
ރަމަމާން މަހަކީ ދުޢާކުރުމުގެ މައްސަރެވެ. ފަހުދިހައިގެ ރޭތަކަކީ ދުޢާކުރުން އިތުރުކުރަން އޮތް ރޭތަކެވެ. ވީމާ އެމީހަކު ބޭނުންވާ ކަންކަމަށް އެދިގެން ދުޢާކުރާށެވެ! އަދި މިދުޢާކުރުން ގިނަކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން