ލައިލަތުލްޤަދްރިވިލޭރޭ ހޯދަން ކުރާ މަސައްކަތްތަކުގެތެރެއަށް އެންމެ ފަސޭހައިން އިތުރުކުރެވޭނެ ކަންތައް! އެކަމަކު މަދުމީހަކު ނޫނީ ނުވެސް ވިސްނާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ލައިލަތުލްޤަދްރިވިލޭރޭ ހޯދަން ކުރާ މަސައްކަތްތަކުގެތެރެއަށް އެންމެ ފަސޭހައިން އިތުރުކުރެވޭނެ ކަންތައް! އެކަމަކު މަދުމީހަކު ނޫނީ ނުވެސް ވިސްނާ ކަމެއް!

ރަމަޟާން މަހުގެ ފަހު 10 ފެށުމުން މުސްލިމުންގެ ގިނަ ބައަކު އިތުރަށް ހީވާގިވެލައެވެ. ޞަދަޤާތް ކުރުމާއި އެހެނިހެން އަޅުކަންކުރުން ގިނަކުރެއެވެ. ކުރިން ދަމުނަމާދު ނުކުރާ މީހުން ދަމުނަމާދުވެސް ކުރެއެވެ. ދަމުނަމާދު ނިންމާފައި ފަތިސްނަމާދުކޮށް އިރުއަރަންދެން އަޅުކަމުގައި ތިބެ ޟުޙާނަމާދުކޮށް ޙައްޖާއި ޢުމުރާގެ ޘަވާބު ހޯދަންވެސް މަސައްކަތްކުރެއެވެ. 

ޞަދަޤާތްކުރަން އަތުގައި ހުރި ފައިސާ ޚަރަދުކޮށް އަދި ބުރަ އުފުލައިގެން މިހުރިހާ ކަންކަން މިކުރަނީ ހަމައެންމެ ކަމަކަށް އެދިގެންނެވެ. ތިމާއަކީ ﷲ ތަޢާލާ ގެ ރުހިވޮޑިގަތުން ލިބި ލައިލަތުލްޤަދްރިވިލޭރޭގެ ހެޔޮކަމާއި ޘަވާބާއި ދަރުމަ ލިބިގަނެވޭ މީހަކަށްވުމަށެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިބަޔާންކުރި ކަންކަންވެސް ކުރާށެވެ! ނަމަވެސް އެންމެ ބޮޑަށް ސަމާލުކަންދޭންވީ އެންމެ ފަސޭހައިން ކުރެވެން އޮތްކަންތަކަށް ނޫންހެއްޔެވެ؟ އެއީ ތިމާގެ އަނބިން، ފިރިން ދަރިން މައިންބަފައިން، ޢާއިލާގެ މީހުންނަށް ހެޔޮކޮށްހިތުމެވެ. އަޅާލައި އެހީތެރިވެދިނުމެވެ. އެމީހުންގެ ތެރެއިން ދަތިޙާލުގައި ތިބި މީހުންނަށް ތަނަވަސްކަންހުރި މިންވަރަކުން ޞަދަޤާތްކުރުމެވެ. 

ތިބާ އަކީ 1000 މައްސަރަށްވުރެ ގިނަ ދުވަހު މިބަޔާންކުރި ފަދައިން، މައިންބަފައިން، ދަރިން، އަނބިން، ފިރިން، ޢާއިލާގެ މީހުންނަށް އަޅާލައި އެހީތެރިވެދީފައި ހުރެއްޖެ މީހަކަށް ވެވިއްޖެނަމަ ޤިޔާމަތް ދުވަހު ދެއްވަވާނެ ޘަވާބުގެ ގިނަކަން، މީޒާނުގައި ތިބާގެ ކޮޅަށް ބުރަވެގެންދާނެ މިންވަރު ހިތަށް ގެންނާށެވެ! 1000 މައްސަރަށްވުރެ ގިނަ ދުވަހު އެމީހަކު އެކަންކަން ކުރިފަދައެވެ. އިން ޝާ ﷲ 

ވީމާ އާދޭސްކޮށްފައި ބުނަމެވެ! މިމަތިވެރި ހެޔޮކަން ދޫކޮށްނުލާށެވެ! އަޅާލައި އެހީތެރިވާންޖެހޭ މީހުންނަށް އެހީތެރިވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން