ފަހު ދިހައިގަ ކޮށްލުން ވަރަށް މުހިންމު- މުފްތީ މެންކް ކީރިތި ކުރައްވަމުން ކުރައްވަވާފައިވާ އަސަރުން ފުރިގެންވާ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ފަހު ދިހައިގަ ކޮށްލުން ވަރަށް މުހިންމު- މުފްތީ މެންކް ކީރިތި ކުރައްވަމުން ކުރައްވަވާފައިވާ އަސަރުން ފުރިގެންވާ ދުޢާއެއް!

ޔާ ﷲ! އިނބަ ﷲގެ ކޯފާއިން އަޅަމެން ސަލާމަތްކުރައްވަވާނދޭވެ! ނަރަކައިގެ އަލިފާނުން އަޅަމެން ސަލާމަތްކުރައްވަވާނދޭވެ! އަޅަމެންނަކީ ނަރަކައިގެ އަލިފާނުން ފިހެވި އަނދަމުންދާ ބައަކު ކަމުގައި ނުލައްވަވާނދޭވެ! ނަރަކައިގެ އަލިފާނުގައި އެންމެ ސިކުންތަކަށްވެސް ކެތްކުރެވޭނެ ބައަކު ކަމުގައި އަޅަމެން ނުވަމުއެވެ.  

ޔާ ﷲ! ނަރައައިން މުއްތި ކުރައްވަވާ މީހުންގެ ލިސްޓުގައި ހަމަ މިރޭ އަޅަމެންގެ ނަންތައް ލިޔުއްވަވައި ދެއްވަވާނދޭވެ! އަޅަމެންނަށް ކުރެވިފައިވާ ހެޔޮ އަމަލުތަކުގެ ހިސާބު ބައްލަވައިފިނަމަ ލަދުވެތިވާންޖެހޭ ބައަކު ކަމުގައި އަޅަމެން ވަމުއެވެ. އަޅަމެންނަށް ކުރެވިފައިވާ ހެޔޮ އަމަލުތައް އިންތިހާއަށް މަދު ކަމާއިއެކުވެސް އަޅަމެންގެ ފާފަތައް ފުއްސަވައިދެއްވަވާނދޭވެ! ޢަޅަމެންނަށް ޢަފޫ ކުރައްވަވާނދޭވެ!  

ޔާ ﷲ އިނބަ ﷲ ސުވަރުގެ ދެއްވަވާ އަޅުންގެ ލިސްޓުގައި އަޅަމެން މިރޭ ހިމަނުއްވަވައިދެއްވަވާނދޭވެ! އަޅަމެންނަށް ކުރެވިފައިވާ އަޅުކަން މަދުކަމާއިއެކުގައިވެސް އަޅަމެންނަށް ޢަފޫކުރައްވަވައި އަޅަމެންނަކީ ސުވަރުގެ ދެއްވަވާ މީހުން ކަމުގައި ލައްވަވައި ދެއްވަވާނދޭވެ! އަދި ސުވަރުގޭގައި އަޅަމެންގެ ޢާއިލާތަކާއިއެކު އަޅަމެން ލައްވަވައި ދެއްވަވާނދޭވެ! އަޅަމެންގެ އުންމަތުގެ އެންމެންވެސް ސުވަރުގޭގައި އަޅަމެންނާއިއެކު ލައްވަވައި ދެއްވަވާނދޭވެ! 

ރަސޫލް ()ގެ އެންމެ ބޮޑު ކަންބޮޑުވެވަޑައިގަތުމަކީ އިތުރު އެކަލޭގެފާނު ()ގެ އުންމަތެވެ. އިތުރު މާތް ނަބިއްޔާ ()ގެ އުންމަތުގެ އެންމެންނަށް ސުވަރުގެ ދެއްވަވާނދޭވެ! މިއުނަމަތުގެ އެންމެން އެކުވެރިކުރައްވަވާނދޭވެ! ޝަހާދަތުގެ ދެކަލިމަ ކިޔާ އެންމެން އެކުވެރި ކުރައްވަވާނދޭވެ!  

ޔާ ﷲ! ފިރުއައުނު ބުނެގެން މޫސާގެފާނަށް ސިހުރު ދެއްކި މީހުން އެންމެ ފަހަރަކު ސަޖިދަ ކުރެއްވެވުމުން އިނބަ ﷲ ވަނީ އެމީހުންނަށް ޢަފޫކުރައްވަވައިފައެވެ. އަޅަމެން ދުވާލަކު އެތައް ފަހަރަކު އިނބަ ﷲ އަށް ސަޖިދަ ކުރަމުއެވެ! އަޅަމެންގެ ފާފަ ފުއްސަވައި ދެއްވަވާނދޭވެ! އަޅަމެން އިނބަ ﷲ ނޫން ދެވަނަ އެއްވެސް ފަރާތަކަށް އަޅުކަމެއް ނުކުރަމުއެވެ. އެހެން ފަރާތަކަށް ސަޖިދައެއްވެސް ނުކުރަމުއެވެ! އަޅަމެންގެ ސަޖިދަ ޤަބޫލުފުޅު ކުރައްވަވައިފައެވެ.  

އިނބަ ﷲ އީ އެންމެ ދީލަތިވަންތަ އިލާހެއެވެ. އިނބަ ﷲ ގެ ދީލަތިވަންތަކަމުން އަޅަމެންގެ ކުށްތަކަށާއި ކުރެވިފައިވާ ފާފަތަކަށް ޢަފޫކުރައްވަވާނދޭވެ! އަޅަމެންގެ ތެރޭގައި ބަލިމީހުން ވެސް އެބަތިއްބެވެ. ގަދަވެ ތިބި މީހުންނަކީވެސް ކޮންމެ ވަގުތަކުވެސް މަރުވެދާނެ ބައެއްކަން އަޅަމެން ޤަބޫލުކުރަމުއެވެ. އަޅަމެންގެ ފާފަތަކަށް ޢަފޫކުރައްވަވާނދޭވެ!  

ޔާ ﷲ! އަޅަމެންގެ މިޔުޒިކަކީ ކީރިތި ޤްރްއާން ކަމުގައި ލައްވަވައިދެއްވަވާނދޭވެ! އެނޫން އެއްވެސް މިޔުޒިކެއް އަޅަމެން ބޭނުމެއް ނޫނެވެ! އަޅަމެންގެ ދުޢާ އިޖާބަ ކުރައްވަވާނދޭވެ! 

- މުފްތީ މެންކް ކުރައްވަވާފައިވާ ދުޢާއަކުން

 

މިއަދު އޮންލައިން