ލައިލަތުލް ޤަދްރިވިލޭރޭ ނިމި ހެނދނު އިރުއަރާއިރު އިރުގަ ދޯދިތަކެއް ނުފެންނާނެ! ދޯދި ނުހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ލައިލަތުލް ޤަދްރިވިލޭރޭ ނިމި ހެނދނު އިރުއަރާއިރު އިރުގަ ދޯދިތަކެއް ނުފެންނާނެ! ދޯދި ނުހުންނާނެ!

لحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ނަބިއްޔާ صلى الله عليه وسلم ޚަބަރުދެއްވާފައިވާ ގޮތުގައި އެދުވަހުގެ ހެނދުނު އިރުއަރާއިރު އިރުގެ ދޯދި ނުހުންނާނެއެވެ. މާތް ޞަޙާބީ ޢުބައްޔު ބުން ކަޢުބު رضي الله عنه ގިނަ އަހަރުތަކެއްވަންދެން އެރޭ ދެނެގަތުމަށް ފާރަވެރިވެވަޑައިގަތެވެ. ފަހެ އެކަލޭގެފާނަށް ފެނިވަޑައިގަތީ ހަތާވީސްވަނަދުވަހު ހެނދުނު އިރުއަރާއިރު އޭގައި ދޯދި ނުހުންނަކަމަށެވެ. މިޢަލާމަތުގެ ސަބަބުން، އެރެއަކީ ހަތާވީސް ވިލޭރޭކަމަށް އެކަލޭގެފާނު ހުވާކޮށްފައި ބުނެއެވެ. 

ނަމަވެސް [މިމަސްއަލާގައި] ރަނގަޅު ގޮތަކީ އެހެން ރެއަކުވެސް އެރޭ ވެދާނެކަމެވެ. ގިނަ އަހަރުތަކެއްގައި ހަތާވީސް ވިލޭރޭ އެރެއަށް ވެދާނެއެވެ. އެހެން އަހަރުތަކެއްގައި އެކާވީސް ވިލޭރޭ ނުވަތަ ތޭވީސްވިލޭރޭ ނުވަތަ ފަންސަވީސްވިލޭރޭ ނުވަތަ އެހެން ރެއެއްގައިވެސް ވެދާނެއެވެ. ފަހެ ރައްކާތެރިގޮތަކީ ހުރިހާ ރެއެއްގައިވެސް ވަރުގަދަ ޢަޒުމަކާއިއެކު ގަދައަޅާ މަސައްކަތްކުރުމެވެ.

جزاكم الله خيرا

ސަމާޙަތުއް ޝައިޚު ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله 

ރަމަޟާން މަހުގެ ފަހު ދިހައިގެ ރެއެކެވެ. ފަތިސްނަމާދަށްފަހު އޮތް ޖަނާޒާއެއް ނިމިގެން އެތަނުގައި ހުންނެވި ދީނީ ޢިލްމުވެރިއަކު ވިދާޅުވިއެވެ. 

"ލައިލަތުލްޤަދްރިވިލޭރޭގަ ފެންނާނެ ވަރަށް ގިނަ ޢަލާމާތްތައް ރޭގައި ފެނުނެވެ. ޔަޤީންކޮށްލަން އިރުއަރާތަން ބަލާލަން ދަމާ ހިނގާށެވެ! އިރުއަރާއިރު އޭގައި ދޯދި ނުހުންނެއެވެ. ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ދޯދިތައް ނުފެންނަނީ ބިމަށް (އެރޭ) ފައިބައިވަޑައިގަންނަވާ މަލާއިކަތުންގެ ޢަދަދު ގިނަކަމުން، (ޢަދަދު ގިނަވެފައި) އެބޭކަލުން އެނބުރި އުޑަށް ވަޑައިގަންނަވާއިރު މުޅި ކައުނު ފުރިގެންދާތީ ދޯދިތައް ފޮރުވި ނުފެންނަނީއެވެ.

މިއީ ހަމަ ކޮންމެ ބޭފުޅަކުވެސް އަމިއްލަފުޅަށް ބައްލަވައިލެއްވުން ރަނގަޅު ކަމެކެވެ. އެރޭ އެކަންބަލަންދިއަ މީހުންނަށް އެކަން ފާހަގަކުރެވުނެވެ. އިން ޝާ ﷲ އަޅުގަނޑަކީވެސް އެކަކީމެވެ.

މިއަދު އޮންލައިން