ތަފާތު ޤައުމުތަކުގައި ތަފާތު ވަޤުތުތަކުގައި ފެށުނުކަމުގައިވިޔަސް އެއީ އެއްރެއެކެވެ. ޢަރަބި ޤައުމުތަކަށް އިރުއޮއްސުމުން އެބައިމީހުންނަށް އެރޭ އެފެށުނީއެވެ. އަދި އެފްރިކާއަށް އިރުއޮއްސުމުން އެބައިމީހުންނަށް އެރޭ އެފެށުނީއެވެ. އަދި އެހެން ޤައުމުތަކަށްވެސް ވަނީ ހަމައެފަދައިންނެވެ. (ރޭދުވާ ބަދަލުވުމުގައި) ވިހި ގަޑިއިރަށްވުރެ ގިނަވީކަމުގައިވިޔަސް ޤައުމަކަށް އިރުއޮއްސުމާއެކު އެބައިމީހުންނަށް އެރޭ އެފެށުނީއެވެ. އެހެންކަމުން އެއްބަޔަކަށް އެބައިމީހުންގެ ރޭގަނޑަކީ ލައިލަތުލް ޤަދްރިއެވެ. އަދި އަނެއްބަޔަކަށް އެބައިމީހުންގެ ރޭގަނޑު އެއީ ލައިލަތުލް ޤަދްރިއެވެ. މަލާއިކަތުންނަށް އެއްބައެއްގެ ގާތަށް ފައިބާވަޑައިގަންނަވާފައި އަނެއްބައެއްގެ ގާތަށް ފައިބާވަޑައިނުގެންނެވެންވީ ސަބަބެއް ނެތެވެ.
والله أعلم
ސަމާޙަތުއްޝައިޚު ޢަބްދުﷲ ބިން ޖިބްރީން ރަޙިމަހުﷲ
މަސްދަރު: ދިސަލަފިއްޔާ