ﷲ ތާޢާލާ އާއި ބައްދަލުކުރަން ޖެހޭނެކަން ޔަޤީންވާއިރު އެކަމަށް ތައްޔާރުވާން ތިބާ ކުރަނީ ކޮންކަމެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ﷲ ތާޢާލާ އާއި ބައްދަލުކުރަން ޖެހޭނެކަން ޔަޤީންވާއިރު އެކަމަށް ތައްޔާރުވާން ތިބާ ކުރަނީ ކޮންކަމެއްތަ؟

ފުރަތަމަ ކަމަކަށްވެސް މިކުރަނީ ސުވާލެކެވެ! ނިކަން ބުނެބަލާށެވެ! މީހަކު ދެކެ ލޯބިވެގެން އުޅޭނަމަ އެމީހާގެ ހިތުގައި ތިމާއަށް ލޯބި އިތުރުކުރެއްވެވި ކޮންމެ ދުވަހަކު އެތައް ފަހަރަކު ދުޢާނުކުރަމުހެއްޔެވެ؟

ލޯބިވެރިޔާގެ ހިތުގައިވެސް އަދި އެހެން މީހެއްގެ ހިތުގައިވެސް ތިބާއަށް ލޯބި އުފެދޭނީވެސް އަދި އެލޯބި އިތުރުވާނީވެސް ﷲ ތަޢާލާ އެކަން މިންވަރުކުރެއްވެވުމުންނެވެ. އަދި ތިބާ އެންމެ ބޮޑަށް ލޯބިވާންޖެހޭނީވެސް ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އެހެންކަމާއިއެކުގައިވެސް އިރުއަރައި އޮއްސިގެންދާއިއރުވެސް އަދި އިރުއޮއްސި އަނެއް ދުވަހަށް އިރުއަރާއިއރުވެސް އެންމެ ފަހަރަކު ނަމަވެސް ތިމާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންދެއްވެވުން އެދި ދުޢާކުރަން ހެއްޔެވެ؟ 

ލޯބިވެރިން ކޮންމެ ދުވަހަކު، ކޮނަމެ ރެއަކު އެތައް ފަހަރަކު "އައި ލަވް ޔޫ" ލިޔެފައި މެސެޖުކުރެއެވެ. އެފަދަ ކުރެހުންތަކާއި ފޮޓޯތައް ފޮނުވައެވެ. އެކަކު އަނެކަކާއި ބައްދަލުވާން ހިތް އެދޭ މިންވަރު ހާމަކުރެއެވެ. އެކަމަށް ކެތްމަދުވެފައިވާވަރުވެސް ހާމަކުރެއެވެ. 

ސުވާލަކީ ތިބާ އުފައްދަވައި، ތިބާއަށް ޢިލްމް ދެއްވަވައި ރިޒްޤް ދެއްވަވައި އެންމެހައި ނިޢްމަތްތައް މިންވަރު ކުރައްވަވާ ﷲ ތަޢާލާ އާއި ބައްދަލުކުރަން ބޭނުންވެގެން އެންމެ ފަހަރަކުވެސް އެދުނިން ހެއްޔެވެ؟ އެކަމަށް އެބަ ތައްޔާރުވަމުހެއްޔެވެ؟ 24 ގަޑިއިރު ފާއިތުވެގެންދާއިރު އެންމެ ކުޑަމިނުން އެކަމުގެ މުހިންމުކަމުގެ ބޮޑުކަން ހިތްމައްޗަށް ގެނެވޭ ހެއްޔެވެ؟ 

އިޚްލާޞްތެރިކަމާއިއެކު ﷲ ތައާލާ އާއި ބައްދަލުކުރަން އެދި މަސައްކަތްކުރާ މީހަކަށް ﷲ ތަޢާލާ އެކަން ފުއްދަވައި ދެއްވަވާނެތެވެ. ވީމާ އެންމެންނަކީ ވެސް އެކަމަށް އެދި ދުޢާކުރާ ބައަކަށްވާށެވެ! 

-  ޝައިޚް މުޙައްމަދު މަންޞޫރުގެ ދަރުސަކުން 

ގުޅުންހުރި ލިޔުމެއް:

https://islamqa.info/en/answers/210252/will-the-believers-see-their-lord-in-paradise-once-or-will-they-see-him-all-the-time-or-will-that-be-only-on-fridays

 

 

މިއަދު އޮންލައިން