ދިރިއުޅެން ޖެހިފައިވާ މާހައުލަކީ ފާފަތަކުން ފުރިގެންވާ މާހައުލެއް! އެހެންވީމާ ނުއެނގި ހުރެ ކުރެވޭ ފާފަތައް ވަރަށް ގިނަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދިރިއުޅެން ޖެހިފައިވާ މާހައުލަކީ ފާފަތަކުން ފުރިގެންވާ މާހައުލެއް! އެހެންވީމާ ނުއެނގި ހުރެ ކުރެވޭ ފާފަތައް ވަރަށް ގިނަވާނެ!: މުފްތީ މެންކް

ބައެއް މީހުން ފާފަތައް ކަމުގައި ބަލަނީ ކުރެވޭ ބޮޑެތި ފާފަތަކެވެ. ބޮޑެތި ފާފަތަކަށް އަރައި ނުގަންނާތީ ޤަބޫލުކުރެވިފައި އޮންނަނީ ތިމާއަށް އެއްވެސް ފާފައެއް ނުކުރެވޭ ކަމަށެވެ. އެހެންވެ ބައެއް މީހުން އަޑަށް ވަރަށް ބާރުލާފައި އެބަ ބުނެއެވެ. "އަހަރެން އެއްވެސް ފާފައެއް ނުކުރަމެވެ. ތައުބާވާން ޖެހެންވީ އެއްވެސް ސަބަބެއް ނުއޮނަނާނެއެވެ." 

މިއީ ކަނޑައެޅިގެން ވަރަށް ބޮޑު ކުށްހީއެކެވެ. މުޅިން ގޯސް ވިސްނުމެކެވެ. އަހަރެމެންނަށް މިއަދު ދިރިއުޅެން ޖެހިފައި މިވާ މާހައުލަކީ ފާފަތަކުން ފުރިގެންވާ މާހަކައުލެކެވެ. އެހެންކަމުން ނުއެނގި ހުރެ ކުރެވޭ ފާފަތައް ވަރަށް ގިނަވާނެއެވެ. އެއްވެސް ފާފައެއް ނުކުރަން ނިޔަތް ގަނެގެން ގަދައަޅައި މަސައްކަތްކުރާ މީހަކަށްވެސް މިޒަމާނުގައި އެއްވެސް ފާފައެއް ނުކޮށް ހުރުމަކީ ކުރެވެން އޮތަކަމެއް ނޫން ހިސާބަށް ދިރިއުޅެން ޖެހިފައިވާ މާހައުލުގައި ފާފަތައް ގިނަވެ މާހައުލު މިވަނީ ތަޣައްޔަރުވެފައެވެ.  

މިވާހަކަ ވަރަށް ގިނަ ފަހަރު ދެއްކިއްޖެއެވެ. އަދިވެސް މިހަނދާންކޮށްދެނީ މި ބަރަކާތުން ފުރިގެންވާ މައްސަރު، ރަމަޟާން މަސް އަހަރެމެންނާއި ވަކިވެގެން ދިއުމުގެކުރިން ގިނަގިނައިން ތައުބާވެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރުމުގެ މުހިންމުކަން ބޮޑުކަމުން އެކަން ހަނދާންކޮށްދިނުމަށެވެ.  

ފާފަ ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދެންނެވުމަކީ ﷲ ތައާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބުން އެންމެ ގާތް އަމަލެވެ. ވީމާ ޤަޞްދުގައި އެއްވެސް ފާފައެއް ނުކުރި ނަމަވެސް ގިނަގިނައިން ތައުބާވާން ޖެހޭނެއެވެ. ފާފަފުއްސެވުން ރޮއި ލޮލުން ކަރުނަ އަޅައި އާދޭސް ދަންނަވަން ޖެހޭނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން