ރަމްޟާން މަހުގެ ދުވަސްތައް ފާއިތުވަމުން ގޮސް 27 ވިލޭރޭގެ ރޭއަޅުކަމާއި ފަތިސް ނަމާދަށްފަހު ރަމަޟާން މަހުގެ އަޅުކަން ނިންމައިލާ ބައަކު އަބަދުވެސް އުޅެއެވެ. ފަހު ދިހައަށް އެޅުމުން، ވަކިން ޚާއްޞަކޮށް 27 ވިލޭރެއަށްފަހު ކޮންމެ އަހަރަކުވެސް އެތަން މިސްކިތްތަކުން ފެނިގެންދެއެވެ. ނަމާދުކުރާ މީހުންގެ ޢަދަދު ބޮޑުތަނުން މަދުވާތީއެވެ.
އެގޮތަށް އެކަނވިޔަ ނުދޭށެވެ! ރަމަޟާން މަހުގައި އެމީހާ ކުރި ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނީ ކޮންވަގުތަކު ކަމެއް ނުއެނގޭނެއެވެ. ތިބާގެ ޢަމަލުތައް ޤަބޫލުފުޅު ކުރައްވަވާނީ ރަމަޟާން މަހުގެ އެންމެ ފަހުދުވަހުގެ އިރުއޮއްސޭ ވަގުތު ކަމުގައިވެސް ވެދާނެއެވެ! ވީމާ އާދޭސްކުރަމެވެ!
ރަމަޟާން މަހުގެ އެންމެ ހިނދުކޮޅެއް އޮއްވައިވެސް ކަންނެތްވެ ފަރުވާކުޑަނުކުރާށެވެ! ވީހައި ގިނައިން ހެޔޮ ޢަމަލުތައް ކުރަމުން ގެންދާށެވެ!
- ގުޅުންހުރި ވީޑިއޯއެއް: