މިވަރުންވެސް ހުއްޓައެއް ނުލާނަންތަ؟ ބައިވެރިޔާ ހިތްދަތިކުރުވުމަކީ ސްޓްރޯކްޖެހި ވާގިނެތުން ކައިރި ކަމެއްކަން ހާމަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
މިވަރުންވެސް ހުއްޓައެއް ނުލާނަންތަ؟ ބައިވެރިޔާ ހިތްދަތިކުރުވުމަކީ ސްޓްރޯކްޖެހި ވާގިނެތުން ކައިރި ކަމެއްކަން ހާމަވެއްޖެ!

ހިތުގެ ދުޅަހެޔޮކަމާއި ސިކުނޑީގެ ދުޅަހެޔޮކަން ވަނީ ގުޅިލާމެހިފައެވެ. ހިތުގެ ދުޅަހެޔޮކަން ގެއްލޭނަމަ އެކަމުގެ އަސަރު ސިކުނޑިއަށް ކުރެއެވެ. ނަތީޖާއެއްގެ ގޮތުން ނާރުތައް ހިމަވެ ލޭނުހިނގައި ބްލޮކްވެ ސްޓްރޯކް ޖެހެނީއެވެ. ސްޓްރޯކްޖެހުމުން ފުރާނައަށް ނުރައްކާވުމުގެ އިތުރުން ވާގިނެތުމާއި އެހެން ގެއްލުންތައްވެސް ލިބެނީއެވެ. 

މިއީ ސައިންސްވެރިން ކޮށްފައިވާ ދިރާސާއެއްގައި ދިރާސާކުރި މީހުންގެ ތިންބައި ކުޅަ ދެބައި މީހުންގެ ވަނަވަރުން ހޯދިފައިވާ މަޢުލޫމާތެކެވެ. 

ބައިވެރިޔާގެ ހިތަށް ޖެހޭ ޤުދްރަތީ ބައްޔެއް ނުޖެހޭނެ ގޮތް ނުހެދުނުނަމަވެސް ތިމާގެ ސަބަބުން ހިތްދަތިކަން ލިބިގެން ޖެހޭ ބަލިތަކުން ބައިވެރިޔާ ސަލާމަތްކުރުމަކީ ކޮންމެ މީހެއްގެވެސް އަމިއްލަ އިޚްތިޔާރުގައި އޮތްކަމެކެވެ. އެކަން ނުކުރިނަމަ ޤިޔާމަތް ދުވަހު ޖަވާބުޑާރީވާންވެސް ޖެހޭނެއެވެ. 

މައްސަލައަކަށްވަނީ ބައިވެރިޔާގެ ސަބަބުން ހިތްދަތިކަމުގައި އުޅެންޖެހުމެވެ. ހިތްދަތިކަމުގައި އުޅެންޖެހުމަށްބަލާއިރު ދެބައެއް ވެއެވެ. އެއީ ﷲ ތަޢާލާ މީސްތަކުން އިމްތިޙާން ކުރެއްވެވުމަށް ކުރިމަތިކުރައްވަވާ ޙާލަތާއި އަދި އިންސާނުން އަނެކާއަށް އަނިޔާވެރިވުމުން އަނިޔާ ލިބޭ މީހާއަށް ކުރިމަތިވާ ނިކަމެތި ޙާލެވެ. 

މީހަކު އަނިޔާވެރިވުމުން ހިތްދަތިކަން ލިބޭ ޙާލަތުގައި އެއީ މިންވަރުފުޅުކަމަށްވާނީ ކުށެއް ނެތި އަނިޔާލިބުނު މީހާއަށެވެ. އަނިޔާކުރިމީހާ ވާނީ އަނިޔާވެރިޔާއަށެވެ. އެއްވެސް މީހަކަށް އަނިޔާކޮށްފައި ނުވަތަ ދެރައެއް ދީފައި އެއީ ތަޤްދީރުކަމަކަށް ނުބުނެވޭނެއެވެ. އެގޮތަށް ބުނެފިނަމަ ދޮގުހެދިކަމުގެ ޙައްދު އެމީހެއްގެ މައްޗަށް ވާޖިބުވާނެއެވެ. 

މީސްތަކުންނޭވެ! ހުރިހާ ފިރިންނޭވެ! ހުރިހާ އަނބިންނޭވެ! ސައިންސްގެ ރޮނގުން ކުރިއަރައިދާވަރަކަށް ފެންނަ ކަންކަން ދާނީ ގިނަވަމުންނެވެ. ވިސްނާލަންވީ އެންމެ ކަމަކަށެވެ. އެއްވެސް މީހެއްގެ ހިތުގައި ޖެއްސުވުމަކީ އޭނާއަށް ދެވޭ އަނިޔާއެއް ކަމަށް ދީނުގައި އޮތްއިރު އެކަން ނުކުރުމަށެވެ. ޚާއްޞަކޮށް ދެމަފިރިންކުރެ އެކަކުވެސް އަނެކާގެ ހިތަށް އެއްވެސް އަނިޔާއެއް ނުކުރުމަށެވެ. 

އަނެކާގެ ހިތުގައި ޖެއްސުވުމަކީ ދުނިޔޭގައިވެސް ދެވޭ ކިހާބޮޑު އަނިޔާއެއްކަން ދިރާސާތަކުންވެސް އެނގެމުންދާއިރު މިހުރީ ކޮންމެ މީހަކުވެސް ވިސްނާލުން މުހިންމު ކަންކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން