ރޯދައަށް ހުރުމުން ޞިއްހަތަށް ގެއްލުންވާނަމަ ޢަމަލުކުރަން އޮތް ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ރޯދައަށް ހުރުމުން ޞިއްހަތަށް ގެއްލުންވާނަމަ ޢަމަލުކުރަން އޮތް ގޮތް-

ބަލި ޙާލަތު ހުރިގޮތުން ރޯދަ ކުރިއަށް ނުގެންދެވޭނެކަން އޭނާއަށް ޔަޤީވެއްޖެ ކަމަށް ވަނީނަމަ ނުވަތަ ޑޮކްޓަރުން އޭނާއަށް އެރޯދަ ކުރިއަށް ގެންގޮސްފި ކަމަށްވަނީނަމަ ބަލި ޙާލަތު އިތުރަށް ގޯސްވެދާނެކަމަށް ޑޮކްޓަރުން އެގޮތަށް އިތުބާރު ހުރި ޑޮކްޓަރުން ލަފާ ދެއްވާފަވާ ކަމުގައިވަނީނަމަ ރޯދަ ދޫކޮށްލުމަކީ އެއީ މައްސަލައެއްނޫން.

އެހެންނަމަވެސް ފަހުން އެހެން ދުވަހެއްގަ އެރޯދަ ޤަޟާ ކުރަން ޖެހޭނެ. ރަމަޟާން މަސް ނިމުނީމަ އޭނަގެ ގެއްލުނު ރޯދަ ޤަޟާ ކުރަންވާނެ، އެހެންވީމަ ކޮންމެހެން މީހާގެ ހަށިގަނޑަށް ގެއްލުން ދީފަ ރޯދަ ފުރިހަމަ ކުރާކަށް ނުޖެހޭނެ. މީހާގެ ޞިއްޙަތު ސަލާމަތުގާ ހުރެގެން ރޯދަ ފުރިހަމަ ކުރަންވާނީ، 

މިސާލަކަށް ގޭސްސްޓްރިކް ނުވަތަ އެނޫންވެސް މައްސަލައެއް ދިމާވެގެން ރޯދައަށް ނުހުރެވޭވަރު ވީމާވެސް ނުވަތަ ރޯދަ ފުރިހަމަކޮށްފި ކަމަށްވަނީނަމަ ހަށިގަނޑަށް ގެއްލުން ވެދާނެކަމަށް ހީވާއިރުގާވެސް ރޯދަ ދޫކޮށްނުލާހުރުން އެއީކީ ރަގަޅު ގޮތަކަށް ނުވާނެ. އެހެންވެގެން ދަތުރުވެރިންނަށްވެސް ރޯދަ ދޫކޮށްލުން ރަސޫލުﷲ  އެކަމަށް ރުއްސެވުން ދެއްވާފައިވާ ސަބަބަކީ ވެސް އެއީ. 

އެއްފަހަރެއްގައި ރަސޫލުﷲ  އަށް ފެނިވަޑައިގެންނެވީ ދަތުރުމަތީގައި މީހަކު ރޯދަޔަށް ހުއްޓާ. އޭނަ ދަތުރުމަތީގައި ރޯދަޔަށް ހުރެގެން ވަރަށްބޮޑަށް ވަރުބަލިވެ ނުތެދުވެވި އެހާހިސާބަށް ގޮއްސަހުރީ ކޮންމެއަކަސް ރަސޫލުﷲ  އަށް އޭނާގެ ޙާލަތު ފެނިވަޑައިގެން ޙަދީޘް ކުރައްވަނީ ދަތުރުމަތީގައި ރޯދަހިފުމަކީ ހެޔޮކަމުގެ ތެރެއިންވާނެ ކަމެއްނޫނޭ މާނައަކީ: އެޙާލަތަށް މީހާ ވެއްޓުނީމަ ދަތުރުގެ ސަބަބުން އޭނާއަށް އެވަރުބަލިކަން ލިބިފަ ހުންނަ ވަޤުތުގަ ރޯދަހިފަން އުޅެގެން އޭނާގެ ހަށިގަނޑަށް އިތުރު ގެއްލުންތަކެއް ލިބެމުންދާތީ، އެހެންވެގެން ރަސޫލުﷲ  ޙަދީޘް ކުރެއްވެވީ އޭނާގެ ޙައްޤުގަ ރޯދަ އެގޮތަށް ހިފުން އެއީކީ ރަގަޅު ކަމެއްނޫނޭ . 

އޭގެ ބަދަލުގައި اللهُ سُبْحَانَهُ وَتَعَالَى އެވަނީ އަޅުގަނޑުމެންނަށް ލުޔެއް ދެއްވާފަ ދަތުރުވެރިން ނުވަތަ ބަލިވެއުޅޭމީހުން ރޯދަ ދޫކޮށްލުމަށްފަހުގާ އެހެންދުވަހަކުން ރޯދަ ޤަޟާކުރަން އެލުއިގެ ބޭނުން ފުރިހަމަގޮތުގަ ހިފުން އެއީ އެންމެ ރަގަޅުގޮތް. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން