ވީޑިއޯ: ސިޙުރު ޖައްސުވަން އެންމެ އުނދަގޫވަނީ ނަމާދުކުރާ މުސްލިމުންނަށްކަން- ރަސިޔާގެ ސިޙުރިވެރިއެއްގެ ބަހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ވީޑިއޯ: ސިޙުރު ޖައްސުވަން އެންމެ އުނދަގޫވަނީ ނަމާދުކުރާ މުސްލިމުންނަށްކަން- ރަސިޔާގެ ސިޙުރިވެރިއެއްގެ ބަހުން-

ލިޔުމުގައިވާ ވީޑިއާ ބައްލަވާލައްވައި އަޑުއައްސަވައިލައްވާށެވެ! ވާހަކައެދައްކަނީ ރަސިޔާގެ ސިޙުރިވެރިއެކެވެ. ސިޙުރުހަދާ އަންހެނެކެވެ. 

އޭނާ އެބުނަނީ ސިޙުރު ޖައްސުވަން އެންމެ އުދަގޫވަނީ ނަމާދުކުރާ މުސްލިމުންނަށް ކަމަށެވެ. އެމީހުން ތިބެނީ ގުއްބެއް ފަދަ އެއްޗެއްގެ ޙިމާޔަތުގައިކަމަށާއި އެގުއްބު ފޫއަޅުވާލުމަކީ ކުރަން ފަސޭހަކަމެއް ނޫން ކަމަށެވެ. 

"އެހެން ދީންތަކުގެ މީހުން ކަލާނގެމަތިން ހަނދާންވަނީ 5 އަހަރުން. (ނޫނީ ގިނަދުވަސްތަކެއްފަހުން.) އެހެންވެ އެމީހުންނާ އެމީހުންގެ ކަލާނގެތަކަކާ އެއްވެސއް ގުޅުމެއް ނޯވޭ. ނަމަވެސް މުސްލިމުންނަކީ އެމީހުންގެ ކަލާނގެއާ ގުޅުން އުފައްދަން އެމީހުންގެ ހަކަތަ އަބަދު ބޭނުންކުރާބައެއް. އެހެންވެ އެމީހުންނާ އެމީހުންގެ ކަލާނގެއާ ހުންނަނީ އަބަދުވެސް ގުޅިފަ. އެހެންވެ އަޞްލަށް އީމާންވެގެން ހުންނަ މުސްލިމެއްގެ މައްޗަށް އެއްވެސް ބާރެއް ފޯރުވުމަކީ ކުރަން ވަރަށް އުނދަގޫކަމެއް." 

އޭނާ ވަރަށް ސާފުބަހުން ބަޔާންކުރަނީ ނަމާދުކުރާ މުސްލިމަކަށް ސިޙުރުހަދަން މަސައްކަތްކުރިނަމަވެސް އޭނާގެ ވިސްނުން އެކަމުން ދުރުކޮށްލާކަމަށެވެ. އެކަމަށް ހުރަސްތަކެއް އެޅޭ ކަމަށެވެ. 

މިއީ އަބަދުވެސް ޢިލްމުވެރިން އިރުޝާދުދެއްވަވާ ކަންތަކެވެ. އެބޭކަލުން ވިދާޅުވަނީ  ސުންނަތުގައިވާ މަގުން ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔައި ރައްކައުތެރިކަން ހޯދާނަމަ އެމީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެ ކަމަށެވެ. އެކަން ޙަދީޘްފުޅުތަކުންނާއި ސުންނަތުން އެނގެން އޮތުމުންނެވެ. 

ސަމާލުކަންދެއްވާށެވެ! ސުންނަތުގައިވާފަދައިން 2 އިރުގެ ޛިކުރުތައް ކިޔުއްވާށެވެ! އާޔަތުލްކުރުސިޢާއި އިޚްލާޞް، ފަލަޤް، ނާސް ކިޔަވާށެވެ! ކޮންމެ ދުވަހަކުވެސް ބަޤަރާ ސޫރަތް ކިޔަވާށެވެ! އެމީހަކަށް ރައްކައުތެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ

ގުޅުންހުރި ވީޑިއޯ:

 

 

 

މިއަދު އޮންލައިން