ސުންނަތްގޮތަކީ، ހިރި ރެއެއް އޮނަ ހިރި ރެއެއް ނުބަލައި މުޅި ފަހު ދިހައިގެ ހުރިހާ ރޭތަކުގައި ލައިލަތުލް ޤަދްރި ވިލޭރޭގެ މާތްކަމާއި މަތިވެރިކަން ލިބުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުން: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 2ސ
ސުންނަތްގޮތަކީ، ހިރި ރެއެއް އޮނަ ހިރި ރެއެއް ނުބަލައި މުޅި ފަހު ދިހައިގެ ހުރިހާ ރޭތަކުގައި ލައިލަތުލް ޤަދްރި ވިލޭރޭގެ މާތްކަމާއި  މަތިވެރިކަން ލިބުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުން: ޝައިޚް ޝާފިޢު

ޝައިޚް ފާޢުގެ ތިރީގައިވާ ލިޔުއްވުމުން އެނގެނީ ލައިލަތުލް ޤަދްރި ވީލޭރޭގެ ޘަވާބާއި ދަރުމަ ލިބިގަންނަން އެދޭމީހާ ހިރި، އޮނަހިރި ރެއެއް ބެލުމެއް ނެތި ފަހު ދިހައިގެ ހުރިހާ ރޭތަކެއްގައި އެކަމަށް އެދިގެން ގަދައަޅައި މަސައްކަތްކުރަންޖެހޭނެ ކަމެވެ. 

ލިޔުން ވިދާޅުވެލައްވާށެވެ! 

ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި ގިނަ ގުނަ ބަސްފުޅުތަކަކަށް އިޚްތިލާފުވެވަޑައިގެންފައިވެއެވެ. މިކަމާބެހޭގޮތުން 40 އަށްވުރެ ގިނަ ބަސްފުޅު ވާރިދުވެގެން އައިސްފައިވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އޭގެ ތެރެއިން އެންމެ ޞައްޙަ ބަސްފުޅެއްކަމުގައި ވަނީ ލައިލަތުލް ޤަދްރި ވިލޭރޭ ވަނީ ފަހުދިހައިގައި ކަމުގައި ބުނެވޭ ބަސްފުޅެވެ. އެއީ އަންނަނިވި ޙަދީޘްގައި ވާ ފަދައިންނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. تَحَرَّوْا لَيْلَةَ الْقَدْرِ فِي الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ- سلسلة الأحاديث الصحيحة 3616 މާނައީ: “ރަމަޟާން މަހުގެ ފަހު ދިހައިގައި ލައިލަތުލް ޤަދްރި ހޯދުމަށް މަސައްކަތް ކުރާށެވެ.” 

އަދި ބައެއް ޙަދީޘްފުޅުތަކުގައި ފަހު ދިހައިގެ އޮނަހިރި ރޭތައް ހޯދުމަށް އިރުޝާދު ދެއްވާފައިވެއެވެ. އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( تَحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنْ الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ ) . رواه البخاري ( 2017 ) – واللفظ لهومسلم ( 1169 ) . މާނައީ: “ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި ލައިލަތުލް ޤަދްރި ހޯދުމަށް މަސައްކަތް ކުރާށެވެ.” 

ވީމާ، މި ޙަދީޘް ބަސްފުޅުން އެނގެނީ އެރޭވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރޭގައިކަމެވެ. އޮނަހިރި ގުނުމުގައި ދެގޮތަކަށް ޢަމަލުކުރެވޭ ކަމަށް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. 

އެއްގޮތަކީ ރަމަޟާން މަސް ފެށުނީއްސުރެ ވޭތުވެގެން ގޮސްފައިވާ ރޭތަކަށް ނިސްބަތްކޮށް ގުނާ ގުނުމެވެ. އޭރުން އޮނަހިރި ރޭތަކަށް ވާނީ 21 ވިލޭރެއާއި 23 ވިލޭރެއާއި 25 ވިލޭރެއާއި 27 ވިލޭރެއާ އަދި 29 ވިލޭރެއެވެ. 

ދެވަނަ ގޮތަކީ މަސް ނުނިމި ބާކީ އޮތް ރޭތަކަށް ބަލާފައި ގުނުމެވެ. އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ. 

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا: أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَالتَمِسُوهَا فِي العَشْرِ الأَوَاخِرِ مِنْ رَمَضَانَ لَيْلَةَ القَدْرِ، فِي تَاسِعَةٍ تَبْقَى، فِي سَابِعَةٍ تَبْقَى، فِي خَامِسَةٍ تَبْقَى . 

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ރަމަޟާން މަހުގެ ފަހު ދިހައިގައި ތިޔަބައިމީހުން ލައިލަތުލް ޤަދްރި ވިލޭރޭ ހޯދާށެވެ. އެއީ މަސް ނިމެން ނުވަރޭ އޮއްވާ، ހަތްރޭ އޮއްވާ، ފަސް ރޭ އޮއްވައެވެ.” މި ޙަދީޘަށް ބަލައިގެން ޙިސާބު ހަދާނަމަ 

ފުރިހަމަ ޢަދަދު ހަމަވާ ރަމަޟާން މަހެއްގައި (30 ދުވަސް ހަމަވާ ރަމަޟާން މަހެއްގައި) 

ހ- މަސް ނިމެން ނުވަރޭ އޮއްވާގެ މުރާދަކީ 22 ވިލޭރެއެވެ. 

ށ- މަސްނިމެން ހަތްރޭ އޮއްވާގެ މުރާދަކީ 24 ވިލޭރެއެވެ. 

ނ- މަސްނިމެން ފަސްރޭ އޮއްވާގެ މުރާދަކީ 26 ވިލޭރެއެވެ. 

ފުރިހަމަ ޢަދަދު ހަމަނުވާ ރަމަޟާން މަހެއްގައި (29 ދުވަސް ހަމަވާ ރަމަޟާން މަހެއްގައި) 

ހ- މަސް ނިމެން ނުވަރޭ އޮއްވާގެ މުރާދަކީ 21 ވިލޭރެއެވެ. 

ށ- މަސްނިމެން ހަތްރޭ އޮއްވާގެ މުރާދަކީ 23 ވިލޭރެއެވެ. 

ނ- މަސްނިމެން ފަސްރޭ އޮއްވާގެ މުރާދަކީ 25 ވިލޭރެއެވެ. 

ބަޔާންވެދިޔަ ޙަދީޘަށް ބަލާއިރު އަހަރެމެންނަށް އެނގެނީ ލައިލަތުލް ޤަދްރިއަށް، ފަހު ދިހައިގެ ހިރި ރެއެއްވެސް ވެދާނެކަމެވެ. ރޭގުނުމުގައި ނަބިއްޔާ ޞައްލަﷲ މިގޮތަށް ޢަމަލުކުރެއްވިކަން ޘާބިތުވެއެވެ. 

ސުންނަތްގޮތަކީ، ހިރި ރެއެއް އޮނަ ހިރި ރެއެއް ނުބަލައި މުޅި ފަހު ދިހައެއްގެ ހުރިހާ ރޭތަކުގައި ލައިލަތުލް ޤަދްރި ވިލޭރޭގެ މާތްކަމާއި  މަތިވެރިކަން ލިބުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމެވެ. އަންނަނިވި ދަލީލުތަކުން އެކަމަށް ދަލާލަތުކުރެއެވެ. 

ޞަޙީޙު مسلم ގައި عَائِشَة -رضي الله عنها- ގެ އަރިހުން ވާރިދުވެގެންވެ އެވެ. كانَ رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ يَجْتَهِدُ في العَشْرِ الأوَاخِرِ، ما لا يَجْتَهِدُ في غيرِهِރަމަޟާން މަހުގެ ފަހު ދިހައިގައި އެނޫން އެއްވެސް ދުވަސްތަކެއްގައި ގަދައަޅާ މަސައްކަތްޕުޅު ނުކުރައްވާ މިންވަރަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ދުވަސްތަކުގައި ގަދައަޅާ މަސައްކަތްޕުޅު ކުރައްވަ އެވެ.“ 

الصحِيحين ގައި ވާރިދުވެގެންވެ އެވެ. كانَ النبيُّ صَلَّى اللهُ عليه وسلَّمَ إذَا دَخَلَ العَشْرُ شَدَّ مِئْزَرَهُ، وأَحْيَا لَيْلَهُ، وأَيْقَظَ أهْلَهُ  މާނައީ: "ރަމަޟާން މަހުގެ ފަހުދިހަ ބައްދަލު ކުރުމާ އެކުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޒާރުކޮޅު އުނަގަނޑުގައި ބާރަށް އައްސަވާ ލައްވަ އެވެ. އަދި ރޭގަނޑު އެކުގައި ހޭފުޅުލައްވައި ހުންނަވައި (ރޭގަނޑުގައި އެކުއެކީގައި) އަޅުކަމުގައި ޤާއިމްވަޑައިގެން އިންނަވަ އެވެ. އަދި އަހުލުން އެ ރޭތަކުގައި ހޭލެއްވެވުމަށް ގޮވައިލައްވައެވެ." 

=މަރްޖިޢުތައް= 

https://islamqa.info/ar/answers/339526 

https://islamqa.info/ar/articles/70

މިއަދު އޮންލައިން