އިމާމުގެ ފަހަތުގަ ތަރާވީހް ނަމާދުކޮށްގެން ހުރެވެސް ދަންވަރު ދަމުނަމާދުކުރުމަކީ މައްސަލައެއް ނޫން! ކުރަން ބޭނުންވާ މީހަކަށް ހުރަހެއް ނެތް!: ޝައިޚް ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އިމާމުގެ ފަހަތުގަ ތަރާވީހް ނަމާދުކޮށްގެން ހުރެވެސް ދަންވަރު ދަމުނަމާދުކުރުމަކީ މައްސަލައެއް ނޫން! ކުރަން ބޭނުންވާ މީހަކަށް ހުރަހެއް ނެތް!: ޝައިޚް ސަމީރު

ފަހު ދިހަ ފެށި ގިނަ މިސްކިތްތަކެއްގައި ދަމުނަމާދުކުރަން ފެށުމާއިއެކު އިރާކޮޅު އިމާމެއްގެ ފަހަތުގައި ތަރާވީޙް ނަމާދުކޮށްގެން ހުންނަ މީހަކަށް ދަންވަރު ކުރާ ދަމުނަމާދު ކުރެވިދާނެތޯ؟ ރަނގަޅު ގޮތަކީ ކޮބައިތޯ؟ ގިނަ ބައަކު ކުރާ ސުވާލުތަކަށް ޝައިޚް އަޙްމަދު ސަމީރު ދެއްވާފައިވާ ޖަވާބު ލިޔުމުގެ ތިރީގައިވާ ވީޑިއޯއިން އަޑުއައްސަވައިލައްވާށެވެ! 

ޚުލާޞާއަކީ ތަރާވީހް ނަމާދުކޮށްގެން ހުންނަ މީހާ ބޭނުންނަމަ ދަންވަރު ދަމުނަމާދުކުރުމަކީ މައްސަލައެއް ނޫންކަމެވެ. އެކަން އޮތީ އެމީހާގެ އިޚްތިޔާރުގައިކަމެވެ. ވިތުރި ކުރަންވީ ގޮތްވެސް އަޑުއައްސަވައިލައްވާށެވެ! 

ތަރާވީޙް ނަމާދާއި ދަންވަރުކުރާ ދަމުނަމާދާއި 2 ނަމާދުންކުރެ ނަމާދެއް އިޚްތިޔާރުކުރާނަމަ ބޮޑަށް ރަނގަޅީ ދަމުނަމާދުކަމަށްވެސް ޝައިޚް ސަމީރު ވަނީ ވިދާޅުވެފައެވެ. 

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން