މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ފުޅު ކުރައްވާފައިވޭ
- " ރޯދަވެރިޔާއަށް ވެއޭ 2 އުފަލެއް. އޭނަ އެ 2 އުފާ ކުރާނެއެވެ."
- " އޭނަ ރޯދަ ވީއްލާ ވަގުތުގައި އެ ރޯދަ ވީއްލުމާއި މެދުގަ އުފާކުރާނެއޭ"
- " އޭނަގެ ރޯދައާއިމެދުގަ އޭނަ އުފާ ކުރާނެއޭ ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި ބައްދަލުވާ ވަގުތު."
ސުބުޙާނަﷲ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ބަޔާން ކުރައްވަވަނީ ރޯދަ ވެރިޔާ އަށް 2 އުފަލެއްވާކަމަށް! އޭނަ ރޯދަ ވީއްލާ ވަގުތުގައި އޭނަ އުފާކުރެއޭ.
އަޅުގަނޑުމެންނަށް އެނގޭނެ އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް އިޚްލާސްތެރިކަމާއި އެކު ރޯދަ ހިފައި ނަމާދުވެސް ބަރާބަރަށް ކޮށް ރޯދައިގެ ސަވާބާއި ދަރުމަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް އެދޭ ޙާލުގައި ގޮއްސަ އިރު އޮއްސޭ ވަގުތު ﷲ އަށް ދުޢާ ކުރުމުގަ އަޅުގަނޑުމެން ވަގުތު ހޭދަކޮށް، ބަންގީގެ އަޑު އިވުމާއެކު އަޅުގަނޑުމެން ރޯދަ ވީއްލާ ވަގުތު އެ ލިބޭ އުފާ، އެލިބޭ ހިތްހަމަޖެހުން. ٱلْحَمْدُ لِلَّٰهِ. ﷲ އަށްޓަކައި ރޯދައެއް ހިފުނު ކަމުގެ އުފާ އަޅުގަނޑުމެންގެ ހިތު ތެރެއަށް ލިބިގެންދޭ. އަޅުގަނޑުމެންނަށް ލިބިގެންދޭ، އެ އިޙްސާސް އަޅުގަނޑުމެންނަށް ކުރެވިގެން ދޭ. އެ އުފަލަކީ ދުނިޔޭގެ އެހެން އެއްވެސް އުފަލަކާއި އެހެން އެއްވެސް ލައްޒަތަކާ އެއްފަދަވެގެން ވާ އެއްޗެއް ނޫން. ސުބުޙާނަﷲ.
މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ މި ޙާދީޘް ފުޅުގެ ތެދުކަން އަޅުގަނޑުމެންނަށް އެނގިގެން ދަނީ. އެއީ ފުރަތަމަ އުފާ އޭނަ ކުރާނެ، ރޯދަވެރިޔާ.
ދެވަނަ އުފަލަކީ ޤިޔާމަތް ދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތާ އޭނަ ބައްދަލުވާ ހިނދު އޭނަ ކުރާ އުފާ. އެ އުފަލުގަ މަތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ އަލައިހި ވަސައްލަމަ ބަޔާން ކުރައްވާފައިވަނީ --- އޭނަގެ ރޯދައާއި މެދުގަ. އަޅުގަނޑުމެން ވިސްނާލަންވީ ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނައަށް ރުއްސަވާ ވޮޑިގެންވާ ތަން އޭނައަށް މި ފެންނަނީ. އޭނަގެ އެ ރޯދަ، ރޯދައިގެ ސަވާބާއި ދަރުމަ ﷲ ސުބުޙާނަހޫ ވަތަޢާލާ ބޮޑެތި ފަރުބަ ފަރުބަދައިގެ ގޮތުގައި ދެއްވާފަވާތަން އޭނައަށް މި ފެންނަނީ. އެމަންޒަރު ފެނިފަ އޭނަ އުފަލުން ފޮޅޭނެ.
ސުބުޙާނަﷲ. އޭނަ ހިތަށް އަރާނެ ތިމަންނަ ދުނިޔެމަތީގަ ވަރަށް ކުޑަކުޑަ ޢަމަލެއް ވަރަށް ކުޑަކުޑަ ބުރައެއް އުފުލާފަ އައީމަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެ އިލާހުގެ ރަޙްމަތް، އެ އިލާޙުގެ ދީލަތިވަންތަކަން ތަނަވަސްވެފަވާ މިންވަރު ކިހާ ބޮޑުހޭ، އޭނަގެ ހިތަށް އަރާނެ. އޭނަ އެކަމާ އުފާކުރާނެ. އޭނަ އުފަލުން ފޮޅޭނެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިވެރިކަމާއި، އެ އިލާޙު ސުބުޙާނަހޫ ވަތަޢާލާގެ މާތްކަން އޭނަގެ ހިތަށް ވެރިވެގެން ދާނެ. އޭނައަށް އުފާވެރިކަން ޙާޞިލް ވެގެންދާނެ.
ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަކީ އެފަދައިން އެ އިލާހު ސުބުޙާނަހޫ ވަތަޢާލާ ރުއްސަވާފަދަ ރޯދަތަކަކާއިގެން އެ އިލާޙު ސުބުޙާނަހޫ ވަތަޢާލާއާ ބައްދަކުރާ ބައެއްކަމުގައިވެ، އެ ދުވަހަކުން ޤީޔާމަތް ދުވަހުގެ އެންމެ ބިރުވެރި ދުވަހު އަޅުގަނޑުމެންނަކީ އުފަލުން ފޮޅޭ ބައެއްކަމުގައި ލެއްވުން
އާމީން
- ޝައިޚް ޝަފީޢު ޢަބްދުﷲ