މާތް ނަބިއްޔާ މުޙައަމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘްފުޅު ކުރައްވާފައިވޭ
- މާނައީ: ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއޭ --- " އާދަމުގެ ދަރިޔާއަށް އޭނަ ކުރާ ހުރިހާ ޢަމަލެއް ވެޔޭ ރޯދަ ފިޔަވައޭ." - " އެ ރޯދަ ވަނީ ތިމަން ﷲ ސުބުޙާނަހޫ ވަތަޢާލާއަށޭ." --- " އަދި ތިމަން ﷲ ސުބުޙާނަހޫ ވަތަޢާލާއޭ އެކަމަށް ސަވާބާއި ދަރުމަ ދެއްވާނީ."
އާދެ މި ޙަދީޘް ފުޅަށް އަޅުގަނޑުމެން ނަޒަރު ހިންގާލާއިރު ހުރިހާ ޢަމަލެއްވެސް އަޅުގަނޑުމެން ކުރަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށްޓަކާ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ސަވާބާއި ދަރުމައަށް އެދިގެން. އެހެން ކަމަށް ވެއްޖެއްޔާމު މި ޙަދީޘް ފުޅުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މިގޮތަށް ވަޙީ ކުރައްވާފައި ވުމުގެ މުރާދަކީ ކޮބައިތޯ؟
ހުރިހާ ޢަޅުކަމެއް ވަނީ އާދަމުގެ ދަރިޔާއަށޭ. ތިމަން ﷲ ސުބުޙާނަހޫ ވަތަޢާލާއަށޭ ރޯދަ ވަނީ. ރޯދައަށް ސަވާބާއި ދަރުމަ ދެއްވާހުށީ ތިމަން ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.
ރޯދައަށްވެސް އަދި އެހެން އަޅުކަންތަކަށްވެސް އަޅުގަނޑުމެންނަށް އެނގޭ ސަވާބާއި ދަރުމަ ދެއްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާކަން. އެހެން ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ރޯދަ މަތިވެރި ކުރައްވާ، މި ޙަދީޘް ފުޅުން އަޅުގަނޑުމެންނަށް އެނގިގެންދަނީ ރޯދަ މަތިވެރި ކުރައްވާފައިވާ މަތިވެރިކަން.
އެހެން އަޅުކަންތައްތައް، ދެން ޢިލްމުވެރިން މި މުރާދެއްގެ ގޮތުން ވިދާޅުވަނީ ﷲ ސުބުޙާނަހު ވަތަޢާލާ ކޮންމެ އަޅުކަމަކަށްވެސް ވަނީ ވަކި ޢަދަދަކަށް ސަވާބާއި ދަރުމަ ކަނޑައަޅުއްވާފަ. އެހެންވެ އެ އަޅާ އެ އަޅުކަމެއް ކުރީމަ އެ ސަވާބާއި ދަރުމަ އޭނާއަށް ލިބޭނީ އެ އަޅުކަމަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ކަނޑައަޅުއްވާ ނިންމަވާފައިވާ މިންވަރަކަށް. އެ ދެން އިތުރު ވާ ގޮތްވެސް ހުރޭ. 10 އަކުން ގޮއްސަ ހަތްސަތޭކަ ގުނައަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އިތުރުކޮށް ދެއްވާ ހެޔޮ އަޅުކަމެއް އިންސާނަކު ކޮށްފިއްޔާމު.
އެންމެ ހެޔޮ އަޅުކަމެއް ކޮށްފިއްޔާމު ޙަދީޘް ފުޅުތަކުގައި އަދި ކީރިތި ޤުރުއާނުގައިވެސް ވާރިދުވެފައިވޭ އޭނަ އެކުރާ އެންމެ ހެޔޮ ޢަމަލެއް 10 ގުނައިން ގޮއްސަ ހަތްސަތޭކަ ގުނައަށްވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އިތުރު ކޮށްދެއްވައެވެ. ނަމަވެސް ރޯދަ ފިޔަވައެވެ. ރޯދަޔަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އިތުރު ކޮށްދެއްވަނީ އެއަށްވުރެވެސް އިތުރަށް. ﷲ ސުބުޙާނަހު ވަތަޢާލާ އެ ރޯދަ ޚާއްސަ ކުރެއްވީ އެ އިލާހު ސުބުޙާނަހޫ ވަތަޢާލާ އެއްވެސް ޙައްދެއް ނެތް ގޮތުގައި ރޯދަވެރިޔާ އަށް ސަވާބާއި ދަރުމަ ދެއްވާ އަޅުކަމެއްގެ ގޮތުގަ.
އެހެންމަ ﷲ ސުބުޙާނަހޫ ވަތަޢާލާ ސަވާބާއި ދަރުމަ ރޯދަވެރިޔާއަށް ދެއްވަނީ އެއްވެސް ހައްދެއް މިނެއް ނެތް ގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލު ވަންތަވެރިކަމުން ދަރުމަވަންތަވެރިކަމުން އެ ރޯދައަށް ސަވާބާއި ދަރުމަ ދެއްވުން ވަނީ ހުޅުވާލެވިފަ.
އެހެންވީމަ ދެން ވިސްނާލަންވީ ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ އެންމެ ދީލަތި ވަންތަ އިލާހު. ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ އެންމެ ރަޙްމާންވަންތަ އިލާޙް. ﷲ ސުބުޙާނަހޫ ވަތަޢާލާ އަކީ އެންމެ އޯގާވަންތަ އިލާޙް.
އެހެން ވެއްޖެއްޔާ އެ އިލާޙު އެއްވެސް ހައްދެއް ނެތް ގޮތުގައި އަޅަކަށް ސަވާބާއި ދަރުމަ އޭނަގެ އިޚްލާސްތެރިކަން ހުރި މިންވަރަކުން ދެއްވާ ކަމަށް ވެއްޖެއްޔާމު އެ ޢަމަލެއްގެ ސަވާބާއި ދަރުމަ ކިހާ މަތިވެރި ވާނެތޯ. އަޅުގަނޑުމެންނަށް މިކަން އިޙްސާސް ކުރެވޭނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތަށް އަޅުގަނޑުމެން އިޚްލާސްތެރިކަމާއެކު ރޯދަހިފާ އެ ރޯދައިގެ ސަވާބާއި ދަރުމައަށް އެދޭ ޙާލުގައި ރޯދަ ހިފާ ދެން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތާ ބައްދަލުވާ ދުވަހަކުން.
އެ އިލާޙު ދެއްވާފައިވާ މަތިވެރި ސަވާބާއި ދަރުމަ ގިނަކަން އަޅުގަނޑުމެންނަށް ތަސައްވުރު ކުރެވޭނީ އަދި ފެންނާނީ އެދުވަހަކުން. މިއަދު އަޅުގަނޑުމެންނަށް އެ ތަސައްވަރެއް ނުކުރެވޭނެ.
އެހެންމެ މި ޙަދީޘް ފުޅުގެ މުރާދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ސަވާބާއި ދަރުމަ ދެއްވުމުގައި ރޯދަ ޙާއްސަ ކުރައްވާފަ ވެއޭ އެހެން އަޅުކަންތައްތަކަށް ވުރެ ބޮޑަށް.
- ޝައިޚް ޝަފީޢު ޢަބްދުﷲ