ރޯދަވެރިޔާގެ ދުޢާ- 3

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ރޯދަވެރިޔާގެ ދުޢާ- 3

އާދެ މަތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވަނީ ---- "3 ދުޢާ އެއް ވެޔޭ ﷲ ސުބުޙާނަހޫ ވަތަޢާލާ ޢިޖާބަ ކުރައްވަވާ." އެއީ: 

--- " ރޯދަވެރިޔާގެ ދުޢާއެވެ."

--- " އަނިޔާ ލިބިފައިވާ މީހާގެ ދުޢާއެވެ."

--- " އަދި ދަތުރުވެރިޔާގެ ދުޢާއެވެ." 

އެހެންމަ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ޙަދީޘްފުޅުގައި ބަޔާން ކުރައްވަނީ 3 މީހެއްގެ ވާހަކަ. އެ 3 މީހުންނަކީ އެ ތިންމީހުން ކުރާ ދުޢާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި މުސްތަޖާބަ ދުޢާއަކަށް ވެފައިވާ ތިންމީހުންގެ ވާހަކަ. އޭގެ ތެރޭގަ ރޯދަވެރިޔާ. 

އެހެންވެަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުގަނޑުމެން ރޯދަ ހިފައިގެން ތބެ ގިނަގިނައިން ދުޢާ ކުރަންވީ. ﷲ ސުބުޙާނަނޫ ވަތަޢާލާއަށް އަޅުގަނޑުމެންގެ ޙާޖަތުތައް އެދެންވީ. ﷲ ސުބުޙާނަހޫ ވަތަޢާލާ ލޯބި ކުރައްވާ އަޅުގަނޑުމެން އެ އިލާޙު ސުބުޙަނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެދުމަށް. އެދުމަކީ، ދުޢާ ކުރުމަކީ އޭގެ ޒާތުގައި އަޅުކަމެއް. އެދުމަކީ އޭގެ ޒާތުގަ މަތިވެރިކަމެއް. ﷲ ސުބުޙާނަހޫ ވަތަޢާލާ ހުސްއަތާ އެނބުރި ދާކަށް ދޫކޮށެއް ނުލައްވާ ކަމަށް ޙަދީޘް ފުޅުތަކުގައި އަންނަނީ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަމަށް އެ އިލާހު ސުބުޙާނަހޫ ވަތަޢާލާ ލަދުވެތިވެ ވޮޑިގަންނަވާކަމަށް ވަނީ. 

އެހެންވީމަ މި ރޯދަމަހުގާ ރޯދަ ހިފައިގެން ތިބާ ވަގުތުވެސް އަޅުގަނޑުމެން ގިނަގިނައިން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ދުޢާކުރަންވީ. ދުޢާގަ ހިފަންވީ. ރޭގަނޑާއި ދުވާލު ދުޢާ ކުރުމުގައި އަޅުގަނޑުމެންގެ ޖާއިޒް ޙާޖާތުތައް، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަށް އަދި ދުނިޔަވީ ގޮތުންނާއިވެސް އަދި އުޚުރަވީ ގޮތުންވެސް އަޅުގަނޑުމެންނަށް ހެޔޮގޮތް ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވުމަށް އެދި ދަންނަވަންވީ. 

- ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން