ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން މެދުކެނޑުމެއް ނެތި އަބަދުވެސް ލިބިލިބި ހުންނަން ބޭނުން މީހުން ކުރަން އޮތް ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން މެދުކެނޑުމެއް ނެތި އަބަދުވެސް ލިބިލިބި ހުންނަން ބޭނުން މީހުން ކުރަން އޮތް ޢަމަލު-

މީސްތަކުންނޭވެ! ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ބޮޑުކަންވެސް ވިސްނޭނީ ވިސްނައި ފިކުރުކުރާ މީހަކަށެވެ. މެދުކެނޑުމެއް ނެތި ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން ކޮންމެ މީހަކަށްވެސް ހޯދެން އެބައޮތެވެ! ލިބިގަނެވެން އެބައޮތެވެ. ހިތާމައަކީ 

ﷲ ތަޢާލާ އަހަރެމެން ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ އެކަލާނގެއަށް އަޅުކަންކުރުމަށެވެ. ނަމަވެސް އަޅުކަމަކީ ކޮބައިކަން ގިނަބައަކަށް މިހާރު މިވަނީ އޮޅިފައެވެ. 

ބައެއް މީހުން ދެކޭ ގޮތުގައި މިސްކިތުގައާއި މުސައްލަމަތީގައި އަޅުކަން ކުރުމުން ހުރިހައި ކަމެއް ނިމުނީއެވެ. އެމީހާއަށް ﷲ ތައާލާގެ މަދަދު ދާނީ ލިބެމުންނެވެ. ނަމަވެސް އެއީ އަދި އެހައި ފަސޭހައިން ނިންމައިލެވެން އޮތް ކަމެއް ނޫނެވެ. 

"Allah is engaged in helping the worshipper as long as the worshipper is engaged in helping his brother." 

Tirmidhi, Hadith 1425 

މި ޙަދީޘްފުޅަށް ބައްލަވާށެވެ. "މީހަކު އެމީހާގެ އަޚާއަށް އެހީތެރިވަމުންދާހައި ހިނދަކު ﷲ ތަޢާލާ ގެންދަވާނީ އެމީހަކަށް އެހީތެރިވެވޮޑިގަންނަވަމުންނެވެ." ޙަދީޘް ފުޅުގައި އެވަނީ "ﷲ ތަޢާލާ އަށް އަޅުކަން ކުރާ މީހަކު" ކަމުގައެވެ. ވީމާ އެނގިގެން މިދަނީ ތިމާގެ އެހީތެރިކަން މީސްތަކުންނަށް ލިބެމުންދާނަމަ ﷲ ތައާލާގެ އެހީތެރިވެވޮޑިގަތުން މެދުކެނޑުމެއް ނެތި އެމީހަކަށް ލިބިލިބި ހުންނާނެ ކަމެވެ. 

މިޙަދީޘްފުޅުން އެއްކަމެއް ވަރަށް ބޮޑަށް ފާހަގަކުރަންވާނެއެވެ. އެއީ އެހެންމީހުންނަށް އެހީތެރިވުމުގެ މަތިވެރިކަން މިހައި ބޮޑު ނަމަވެސް ފުރަތަމަ ކަމަކަށް ތިމާއަކީ ﷲ ތަޢާލާއަށް އަޅުކަންކުރާ މީހަކަށްވާންޖެހޭނެ ކަމެވެ. 

މީސްތަކުންނަށް އެހީތެރިވުމުގެ ލިސްޓުގައި އެންމެ ކުރިއަށް ނެރެން ޖެހޭނީ އެމީހެއްގެ އެންމެ ގާތަ ތިމާގެ މީހުންނެވެ. ޢާއިލާއެވެ. ނަމަވެސް އެއިގެ މާނައަކީ އެމީހެއްގެ ކިބައިގައި ޤާބިލުކަން ހުރި މިންވަރަކުން އެހެން މީހުންނަށް އެހީތެރި ނުވުމެއް ނޫނެވެ. ސަބަބަކީ ކޮންމެ މުސްލިމަކީ ވެސް އަޚެކެވެ. ކޮންމެ އަޚަކަށްވެސް އެހީތެރިވާން ޖެހެއެވެ. 

އެހީތެރިވުމަކީ ހަމައެކަނި ފައިސާދިނުން ކަމުގައި ނުބަލާށެވެ! ކަންކަން ކުރުމުގައި އެހީތެރިވެދިނުމަކީވެސް އަޅުކަމެކެވެ. ހިނގާފައިދާ މީހެއްގެ އަތުން ވެއްޓޭ އެއްޗެއް ނަގައި ދިނުމަކީވެސް ހަމަ އެހީތެރިވުމެވެ. ކޮޑަށް އެއްޗެއް ނުލެވިގެން އުޅޭ މީހަކަށް އެކަމުގައި އެހީތެރިވުމަކީވެސް ހަމަ އަޅުކަމެކެވެ. މީހަކަށް ނުވެގެން އުޅޭ ކޮންމެ ކަމެއްގައި (އިސްލާމް ދީން ހުއްދަކުރާ) އެހީތެރިވުމަކީ ވެސް ހަމަ އަޅުކަމެކެވެ. މީހަކަށް ފަސޭހަވާނެ ކޮންމެ ކަމެއް ކޮށްދިނުމަކީ ވެސް ހަމަ އެހީތެރިވުމެވެ. އަޅުކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން