އުފާވެރި ޒަވާޖީ ޙަޔާތަކަށް އެދޭނަމަ ދެމީހުންގެ ގާތް އެކުވެރިންނާ ޢާއިލާގެ މީހުންނަށް އިޙްތިރާމްކޮށް ހެޔޮކޮށް ހިތަން ޖެހޭނެ!: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އުފާވެރި ޒަވާޖީ ޙަޔާތަކަށް އެދޭނަމަ ދެމީހުންގެ ގާތް އެކުވެރިންނާ ޢާއިލާގެ މީހުންނަށް އިޙްތިރާމްކޮށް ހެޔޮކޮށް ހިތަން ޖެހޭނެ!: ޑރ. ޢަލީ ޒާހިރު

އުފާވެރި ޒަވާޖީ ޙަޔާތަކަށް އެދޭނަމަ އެކަކު އަނެކަކެއްގެ ޢާއިލާގެ މީހުންނާއި ތިމާގެ މީހުންނަށް އިޙްތިރާމް ކުރުމަކީ ކުރަންޖެހޭނެ ކަމެކެވެ. އަނބިމީހާގެ މައިންބަފައިންނާއި ފިރިމީހާގެ މައިންބަފައިންނާއި ތިމާގެ މީހުންނަށް ޤަދަރު ކުރުމާއި އިޙްތިރާމް ކުރުމާއި އެމީހުންގެ ބޭނުންތައް ފުއްދައިދެވެން އޮތް މިންވަރަކުން ފުއްދައިދިނުމާއި އެކަންކަން ކުރުމަކީ ވަރަށް މުހިންމު ކަންކަމެވެ. 

އެއީ ގާތްކަން ބެހެއްޓުން. ނަބިއްޔާ ޚަދީޖަތުގެފާނު އަވަހާރަވުމަށް ފަހުގާ އެކަމަނާއާއި ގުޅުންއޮތް ފަރާތްތަކާ މެދުގަވެސް ހެޔޮކޮށް ކަންތައް ކުރެއްވެވި. އެއްދުވަހެއްގާ އަންހެންބޭކަނބަލަކު ވަޑައިގަތީމާ ނަބިއްޔާ އެކަލޭގެފާނުގެ ރިދާކޮޅު ފަތުރުއްވަވާފާ އެކަމަނާ އެތަނުގާ ބައިންދަވާ އެކަމަނާއަށް އިޙްތިރާމާއި ޤަދަރު ކުރެއްވެވި.  

އެކަމަނާ ވަޑައިގަތުމުން ޢާއިޝަތުގެފާނު ސުވާލު ކުރެއްވި ﷲ ގެ ނަބިއްޔާއޭ ކާކުހޭ އެއީ؟ އެކަލޭގެފާނު ދަންނަވަނީ އެއީ ޚަދީޖަތުގެފާނުގެ ޙަޔާތުގާ އެކަމަނާގެ ކައިރިޔަށް އައިސް ބައްދަލުކޮށް އުޅުނު އަންހެނެކޭ. އެހެންވީމާ އެއިޙްތިރާމް އެގާތްކަން، އަދި އަމްދުން ޢާއިލާ ވެއްޖިއްޔާ އެގާތްކަން ކިހާވަރަކަށް ބަހައްޓަންޖެހޭނެ؟ 

އެހެންވީމާ އަޅުގަނޑުމެން އުފާވެރިކަން ގެންނަން ބޭނުންވާކަމަށް ވަނީނަމަ މައްސަލަތަކުން ނުކުމެ ދެފަރާތުގެ ޢާއިލާގެ ގާތްކަމާ އިޙްތިރާމް ދިނުން އެއީ ވަރަށް މުހިންމު ކަމެއް.

 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

 

މިއަދު އޮންލައިން