މަލާއިކަތް ބޭކަލުންނާއިއެކުގަ ވުމަށް ބޭނުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
މަލާއިކަތް ބޭކަލުންނާއިއެކުގަ ވުމަށް ބޭނުން ހެއްޔެވެ؟

އެހެންވީމަ، ހަމަ އެގޮތަށް ކީރިތި ޤުރުއާނަކީ ޝިފާއެއް. ހުރިހާ ބަލިތަކަށްވާ ޝިފާއެއް. އެހިނދު ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވަނ -- މި ޤުރުއާނުގައި ޝިފާއާއި ރަޙްމަތާއި ވާ ތަކެތި ބާއްވާ ލަމެވެ.، އެހެންވީމަ އަޅުގަނޑުމެން ދަރިންނަށްވެސް ހަނދާން ކޮށްދޭންވީ ކޮންމެ ބައްޔަކަށްވެސް ވާ ޝިފާއެކޭ މީ ކީރިތި ޤުރުއާނަކީ.  

އެގޮތަށް އަޅުގަނޑުމެން ނިޔަތް ގަނެގެން ޤުރުއާން ކިޔަވަންވީ. ޤުރުއާނުގެ ކޮންމެ އާޔަތަކީވެސް އަޅުގަނޑުމެން ބަލިވީމަ ޝިފާގެ ގޮތުގައި އަޅުގަނޑުމެން ކިޔާލެވިދާނެ އާޔަތެއް. އެހެންވީމަ،  ޤުރުއާނުގެ އަހުލުވެރިންނަށް ވުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަންވީ. ޤުރުއާނުގެ އަހުލުވެރިން ޤިޔާމަތް ދުވަހުން މަލާއިކަތްބޭކަލުންނާއި އެކު ވާނެ. އެހެންވެ ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނީ -- ޤުރުއާނުގެ އަހުލުވެރިޔާ، ޤުރުއާނުގެ މާހިރު، އޭނަ ވާހުށީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންތެރި މަލާއިކަތް ބޭކަލުންނާއި އެކުގައެވެ.  

ހަމަ އެގޮތަށް އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ މި ކީރިތި ޤުރުއާނުގެ އަކުރެއް ކިޔެވީމަ ލިބޭ ސަވާބު. އެހެންވީމަ، މި ކޮންމެ އަކުރެއް ކިޔެވީމަ އެބަ ލިބޭ 10 ސަވާބު. -- ކޮންމެ އަކުރެއް ކިޔާއިރު 10 ސަވާބު ލިބޭކަމަށްވާނަމަ ކިހާ ސަވާބެއް ލިބޭނެ. އެއީ  ا , ل, م މި ކޮންމެ އަކުރަކީވެސް މީ 10 ސަވާބު. ތަކުރާރުކޮށް އަޅުގަނޑުމެން ކިޔެވިކަމުގައި ވިޔަސް 10 ސަވާބު ލިބޭނެ. އެންމެ ފަސޭހައިން އަޅުގަނޑުމެންނަށް ސަވާބު ހޯދުމަށް އެންމެ ފަސޭހަ ގޮތަކީ ކީރިތި ޤުރުއާން ކިޔެވުން. އެހެންވީމަ މިހާރު އަޅުގަނޑުމެންނަށް ދަސްވެފަ ހުންނަ އާޔަތްތައްވެސް އަޅުގަނޑުމެން ހިނގާ އިރުގަވެސް ކިޔަވަންވީ. ކުރު ސޫރަތްތައް ކިޔަވަންވީ. ހިނގާ އިރުގަވެސް މަގުމަތީގަ އަދި އަޅުގަނޑުމެން ދުއްވާ އިރުގަވެސް މަޑުމަޑުން، އަޅުގަނޑުމެންނަށް ޔަގީންވާ ކުރުކުރު ސޫރަތްތައް އަޅުގަނޑުމެންނަށް ކިޔެވިދާނެ. 

- ޝައިޚް އަޙްމަދު އަޙްޞަންގެ ދަރުސަކުން

 

މިއަދު އޮންލައިން