ތިމާ އެދޭ ކިތަންމެ ގިނަ ކަންތައްތަކެއް ޙާޞިލުވި ނަމަވެސް ހިތްފުރި އުފަލުގަ ނުހުރެވޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ތިމާ އެދޭ ކިތަންމެ ގިނަ ކަންތައްތަކެއް ޙާޞިލުވި ނަމަވެސް ހިތްފުރި އުފަލުގަ ނުހުރެވޭ ސަބަބު-

ކޮންމެ މީހަކުވެސް ބޭނުންވާނީ ދުނިޔޭގައި ވީހާއުފަލުގައި ދިއުޅޭށެވެ! އެދޭ ހުރިހާ ކަންކަން ޙާޞިލުވުމަށެވެ. ހިތްދަތިވާނެ އެއްވެސް ކަމެއް ކުރިމަތިނުވުމަށެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ތިމާ އެދޭ ކިތަންމެ ގިނަ ކަންތައްތަކެއް ޙާޞިލުވިނަމަވެސް ހިތްފުރި އުފަލުގައި ނުހުރެވޭ ސަބަބަކީވެސް އެއީއެވެ.  

ބުނަންހެއްޔެވެ؟ ކޮންމެ މީހަކަށްވެސް ނިޢުމަތްތައް ދެއްވަވަނީ ވަކިވަރަކަށެވެ. ވީމާ އޭނާ އެދޭ ކަންކަމުގެ ތެރެއިން ކަންކަން ޙާޞިލްކުރެވޭނީ ވަކިމިންވަރަކަށެވެ. ވީމާ ތިމާ އެދޭ ހުރިހާ ކަންކަން ދުނިޔޭގައި ނުދެއްވެވުމުން ކަންބޮޑުނުވާށެވެ! 

އެހެނީ އިންސާނާ އެދޭ ހުރިހާ ކަންކަން ދެއްވެވުން ވަނީ ސުވަރުގޭގައެވެ. ވީމާ ދުނިޔޭގައި ކިތަންމެ ވަރަކަށް އެދުނަސް ނުދެއްވަވާ ގިނަ ކަންތައްތަކެއް ހުންނާނެއެވެ! އެއީ ދުނިޔެއަކީ ސުވަރުގެކަމަށް ނުވާތީއެވެ! 

މިދުނިޔެއަކީ ސުވަރުގެއަކަށް ހަދަން ހަމައެކަކުވެސް މަސައްކަތް ނުކުރާށެވެ! އެހެނީ އެއީ ކާފިރުންގެ ސިފައެވެ. އެހެނީ ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ ދުނިޔެއަކީ މުސްލިމުންނަށް ހުރަގެއެއް (ޖަލެއް) ކަމަށާއި ކާފިރުންނަށް ސުވަރުގެއެއް ކަމަށެވެ. 

Prophet Muhammad () said:

"The world is a prison-house for a believer and Paradise for a non-believer."

Sahih Muslim 2956

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން