މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވާ ޙަދީޘްފުޅެއްގައިވޭ --- " ރޯދަވެރިޔާ ރޯދައަށް ހުރެ ހަނދާން ނެތިގެން އޭނާ އެއްޗެއް ކެވިއްޖެއްޔާމުވެސް އަދި އެއްޗެއް ބޮއެފި ކަމަށްވެއްޖެއްޔާމުވެސް އޭނާގެ ރޯދަ އޭނަ ފުރިހަމަ ކުރާށޭ." --- ' އޭނާގެ ރޯދަ އޭނަ ފުރިހަމަ ކުރާށޭ" ---- " އެހެނީ އޭނާއަށް ކެއުން ދެއްވީއަދި ބުއިން ދެއްވީވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ."
އެހެންވީމަ ރޯދައަށް ހުރެގެން އަޅުގަނޑުމެންގެ ތެރެއިން މީހަކަށް ހަނދާންނެތި އެއްޗެއް ކެވުނު ކަމުގައިވިޔަސް އޭނަގެ ރޯދައެއް ނުގެއްލޭ. މި ޙަދީޘްފުޅުން އެނގިގެން ދަނީ އިސްލާމްދީނުގެ ދެއްވާފައިވާ ލުއިފަސޭހަކަން. އިސްލާމްދީނުގެ މަތިވެރިކަން. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުތަކުންނަނަށް ރަޙުމު ކުރައްވާ މިންވަރު. އެހެނީ ހަނދާން ނެތިގެން ކުރެވޭ ކަމެއް ﷲ ސުބުޙާނަހޫ ވަތަޢާލާ މުއާޚަޒާއެއް ނުކުރައްވަވާ.
- ޝައިޚް ޝަފީއު އަބްދިﷲ