ރޯދަ ވީއްލުން އަވަސްކޮށްފަ އަދި ރޯދަހިފުން ލަސް ކުރާހާ ހިނދަކު "މީސްތަކުންގެ ތެރެއިން ހެޔޮކަން ނެތިގެނެއް ނުދޭ!: ޝައިޚް ޝަފީޢު ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ރޯދަ ވީއްލުން އަވަސްކޮށްފަ އަދި ރޯދަހިފުން ލަސް ކުރާހާ ހިނދަކު "މީސްތަކުންގެ ތެރެއިން ހެޔޮކަން ނެތިގެނެއް ނުދޭ!: ޝައިޚް ޝަފީޢު ޢަބްދުﷲ

މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވޭ --- " ތިޔަބައިމީހުން ހާރުކާށޭ. ހާރު ކެއުމުގައި ވެއޭ ބަރަކާތެއް."  

އެހެން ޙަދީޘްފުޅެއްގައި އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވަނީ --- "މީސްތަކުންގެ ތެރެއިން ހެޔޮކަން ނެތިގެނެއް ނުދެޔޭ އެބައިމީހުން ރޯދަ ވީއްލުން އަވަސްކޮށްފަ އަދި ރޯދަހިފުން ލަސް ކުރާހާ ހިނދަކު."  

މާނައަކީ ބަންގި، މަޣްރިބު ނަމާދަށް ބަންގި ގޮވުމާއެކު އިރު އޮއްސުމާއެކު އަވަސްވެ ގަންނަނީ ރޯދަ ވީއްލުމަށް. އަދި ރޯދަ ހިފުން އެބައިމީހުން ފަސް ކުރެޔޭ ފަތިސް ނަމާދު ކައިރިވަންދެން. މާނައަކީ ވީހާވެސް ލަހެއް އެބައިމީހުން ކުރެޔޭ ފަތިސް ނަމާދު ކައިރި ވަންދެން. އެހެން މީހުން ހަދާކަމަށްވެއްޖެއްޔާމު އެބައިމީހުންގެ ތެރެއިން ހެޔޮކަން ނެތިގެނެއް ނުދެއެވެ. 

ބައެއް ޢިލްމުވެރިން ވިދާޅުވަނީ އޭގެ މުރާދަކީ އެބައިމީހުން ސުންނަތަށް ތަބާވުން ދޫކޮށެއް ނުލައެވެ. ސުންނަތަށް ބަޔަކު ތަބާވާކަމުގައި ވެއްޖެއްޔާމު އެބައިމީހުންގެ މެދުގައި ހެޔޮކަންތައްތައް އޮތީ.

ބައެއް ބޭފުޅުން އަޅުގަނޑުމެންގެ ތެރެއިން ކަންތައް ކުރައްވާ ގޮތަކީ އެބައިމީހުން އިޝާނާމާދުކޮށް ތަރާވީސް ކޮށްގެން ދެން ނިދާއިރު މި ނިދަނީ ހާރު ކައިގެންނޭ ބުނަނީ. ހާރު ކައިގެން ނިދަނީ. ނިދާފަ ދެން ނުވެއް ތެދުވެ ހަރު ގަޑިއަށް. އަސްލު ހާރުކާން ޖެހޭ ގަޑިއަށް. ސުންނަތުގައި ވާރިދުވެފައި އޮންނަ ގަޑިއަކަށް. ތެދުވަނީ ފަތިސްނަމާދަށް. ތެދުވެ ފަތިސްނަމާދު ކުރަނީ. އެހެންކަމަށް ވެއްޖެއްޔާ އެއީ ސުންނަތާ ޚިލާފު ގޮތެއް.  

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވަނީ --- " ބަރަކާތެއް ވެއޭ." އެކަން ދޫކޮށްގެން ނުވާނެ. އެކަމުގަ ހިފަން ޖެހޭނެ.  

މިސާލަކަށް އެވަގުތު ތިމަންނައަކީ ކެއުމާ އެހާ ރައްޓެހި މީހެއް ކަމުގައި ނުވަންޏާމު ނުވަތަ ކެއުމަކީ ތިމަންނައަށް ބުރަކަމެއް އެވަގުތުގަ ވާކަމެއް ވެއްޖެއްޔާމު، އެވަގުތު ތެދުވެ ހަމައެކަނި ފެން ތަށްޓެއް ބޮއެލުމުންވެސް އިންޝާﷲ އެ ސުންނަތް އަދާވީ. ނުވަތަ ކަދުރުކޮޅެއް ކައިލުމުންވެސް އެ ސުންނަތް އަދާވީ، ކުޑަކުޑަ އެއްޗެއް. އެގަޑީގަ ސުންނަތް އަދާކުރަން އެބަޖެހޭ. އެ ސުންނަތް އަދާކުރުމުގައި އަޅުގަނޑުމެންނަށް ވަނީ ކާމިޔާބު. 

- ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން