މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވޭ .---"ސުވަރުގޭގައި ވެއޭ ދޮރުކޮޅެއް. އެ ދޮރުކޮޅަށް ކިޔާ ނަމަކީ އައް ރައްޔާންއެވެ."
- " އެ ދޮރުކޮޅުން ވަންނާނީ ޤިޔާމަތް ދުވަހަކުން ރޯދަވެރިންނެވެ."
އެހެންމެ، ރޯދަވެރިންނަށް ޚާއްސަ ކުރެވިފައިވާ ދޮރުކޮޅެއް ވެއޭ. އެ ދޮރުކޮޅަކީ އައް ރައްޔާން އެވެ. އެ ދޮރުކޮޅުން ވަންނާނީ ރޯދަވެރިންނެވެ. --- " އެބައި މީހުންނާ އެއްކޮށް އެހެން އެއްވެސް މީހަކަށް ނުވަދެވެއެވެ. " ހަމައެކަނި ރޯދަވެރިންނަށް ޚާއްސަ.
- " ބުނެވޭނޭ ކޮބާހޭ ރޯދަވެރިން. އެ ދޮރުން ވަންނަން އަންނަ ރޯދަވެރިން. އެ ދޮރުކޮޅު ގޮވާލާނޭ ކޮބާހޭ ރޯދަވެރިން އަންނާށޭ މި ދޮރުކޮޅުން ވަންނަން."
- " އެ ދޮރުކޮޅުން ދެން އެބައި މީހުން ވަންނާނޭ" --- " ރޯދަވެރިންގެ ތެރެއިން އެންމެ ފަހު މީހާ އެ ދޮރުކޮޅުން ވަނީމަ" --- " ދެން އެއަށްފަހު އެ ދޮރުކޮޅުން އެއްވެސް މީހަކަށް ނުވަދެވޭނެއެވެ."
އެހެންވެ މީ ރޯދަވެރިންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ޚައްސަ ކުރައްވާފައިވާ ދޮރުކޮޅެއް. ސުވަރުގޭގަވާ ދޮރުކޮޅެއް. ޤިޔާމަތް ދުވަހަކުން ސުވަރުގެއަށް ސުވަރުގޭގެ އަހުލުވެރިން ވަންނަން އަންނަ ވަގުތު އެ ދޮރުކޮޅު ގޮވާލާނެ ---- " ކޮބާހޭ ރޯދަވެރިން؟" އަންނާށޭ މި ދޮރުކޮޅުން. މިއޮތީއޭ ތިޔަބައިމީހުންނަށް ޚާއްސަ ދޮރުކޮޅު ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވާފައިވާ.
-" އެމީހުންގެ ތެރެއިން އެންމެ ފަހުމީހާ، ރޯދަވެރިންގެ ތެރެއިން އެންމެ ފަހު މީހާ އެ ދޮރުކޮޅުން ވަނީމާ" --- "އެ ދޮރުކޮޅު ބަންދުވާނެއެވެ." -- " ދެން އެއަށްފަހު އެހެން އެއްވެސް މީހަކަށް ނުވަދެވޭނެ."
ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ރައްޔާންއޭ ކިޔުނު ދޮރުކޮޅުން ވަނުމަށްޓަކައި ގޮވާލެވޭ މީހުންގެ ތެރޭގައި އަޅުގަނޑުމެން ލެއްވުން.
އާމީން
- ޝައިޚް ޝަފީޢު ޢަބްދުﷲ