ޢަހްދަށް ވަފާތެރިވުން-

ކިޔުމަށް ހޭދަވާނީ 4މ 39ސ
ޢަހްދަށް ވަފާތެރިވުން-

ޢާއިޝަތު ރަފާޙް ޢަލީ

 

ޢަހްދަށް ވަފާތެރިވުމަކީ މުސްލިމުންގެ ކިބައިގައި ހުންނަން ޖެހޭ ވަރަށް މުހިއްމު ސިފައެކެވެ. 

ނަޙްލު ސޫރަތުގެ 91 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

وَأَوْفُوا۟ بِعَهْدِ ٱللَّهِ إِذَا عَٰهَدتُّمْ وَلَا تَنقُضُوا۟ ٱلْأَيْمَٰنَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ ٱللَّهَ عَلَيْكُمْ كَفِيلًا ۚ إِنَّ ٱللَّهَ يَعْلَمُ مَا تَفْعَلُونَ ﴿٩١﴾‏

މާނައީ: މާނައީ:  ތިޔަބައިމީހުން اللَّه އަށް عهد ކޮށްފިނަމަ، އެ عهد ތިޔަބައިމީހުން ފުއްދާށެވެ! އަދި ހުވާތައް ގަދަކޮށް، ކަށަވަރުކުރުމަށްފަހު، ތިޔަބައިމީހުން އެ ހުވާތައް އުވައިނުލާށެވެ! އެހެނީ، ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންގެ މައްޗަށް، ހެކިވެ ޖާމިނުވެވޮޑިގެންވާ ފަރާތެއް ކަމުގައި، ތިޔަބައިމީހުން ލާފައިވެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް، اللَّه ދެނެވޮޑިގެންވެތެވެ. (91) 

މިއާޔަތުން ލިބޭ ބައެއް ފައިދާ:

· ޢަޙްދަށް ވަފާތެރިވުން

· ހުވާތައް އުވާނުލުން

· ﷲ ތަޢާލާ އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއް ބައްލަވާވޮޑިގެންވާކަން

· މުސްލިމުންގެ ކިބައިގައި ރިވެތި ސިފަތައް އަށަގަންނަވަން ޖެހޭނެކަން 

ނަމްލު ސޫރަތުގެ 91 ވަނަ އާޔަތް ތަފްސީރު ކުރައްވަމުން އިބްނު ކަޘީރު ވިދާޅުވަނީ މިއާޔަތާ ގުޅޭ އެހެން އާޔަތެކެވެ. އެއީ ބަޤަރާ ސޫރަތުގެ 224 ވަނަ އާޔަތެވެ. 

(وَلَا تَجْعَلُوا اللَّهَ عُرْضَةً لِّأَيْمَانِكُمْ أَن تَبَرُّوا وَتَتَّقُوا وَتُصْلِحُوا بَيْنَ النَّاسِ ۗ)

މާނައީ: ތިޔަބައިމީހުންގެ ހުވާތަކުން ތިޔަބައިމީހުން ހެޔޮކަންތައް ކުރުމަށާއި، تقوى ވެރިވުމަށާއި، މީސްތަކުންގެ މެދުގައި صلح މަސަލަސްކަން قائم ކުޅައުމަށް އެޅޭ ހުރަހެއްކަމުގައި، اللَّه ގެ ނަންފުޅު ތިޔަބައިމީހުން ނުލާށެވެ! 

މީގެ އިތުރުން ހުވާގެ ކައްފާރާ އާއި ބެހޭގޮތުން ﷲ ތަޢާލާ މާއިދާ ސޫރަތުގެ 89 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

ذَٰلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ ۚ وَاحْفَظُوا أَيْمَانَكُمْ ۚ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَشْكُرُونَ ﴿٨٩﴾‏

މާނައީ: "އެއީ ތިޔަބައިމީހުން ހުވާކޮށްފި ހިނދެއްގައި (އެބަހީ: ހުވާކޮށް، އެ ހުވަޔާ خلاف ވެއްޖެ ހިނދެއްގައި) ތިޔަބައިމީހުންގެ ހުވާގެ كفّارة އެވެ. އަދި ތިޔަބައިމީހުންގެ ހުވާތަކަށް ރައްކާތެރިވާށެވެ! ތިޔަބައިމީހުން شكر ކުރުމަށްޓަކައި، اللَّه، އެކަލާނގެ آية ތައް ތިޔަބައިމީހުންނަށް އެފަދައިން بيان ކޮށްދެއްވަތެވެ. (89)" 

ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރައްވާފައިވެއެވެ.

آية المنافق ثلاث: إذا حدث كذب، وإذا وعد أخلف، وإذا اؤتمن خان

މުނާފިޤުންގެ ޢަލާމަތް ތިނެކެވެ. ވާހަކަ ދައްކާފިނަމަ ދޮގުހަދާނެއެވެ. ވަޢްދެއް ކޮށްފިނަމަ އެއާ ޚިލާފު ވާނެއެވެ. އަދި އަމާނާތަކާއި ޙަވާލު ވެއްޖެނަމަ އެއާ ޚިލާފު ވާނެއެވެ.

މިއަދު އޮންލައިން