ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
- الصيامُ جُنَّةٌ ، فإذا كان أحدُكم صائمًا فلا يَرفُثْ ولا يَجهلْ ، فإنِ امْرُؤٌ شاتَمَه أو قاتَلَهُ فَليَقُلْ إنِّي صائمٌ
މާނައީ: ރޯދައަކީ އައްޑަނައެކެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުރި ދުވަހެއް ނަމަ، ފަހެ ޝަހްވާނީ އެދުންތަކުން އެމީހަކު ދުރުވާށެވެ. އަދި ބޭކާރު ވާހަކަ ދެއްކުމުން ރައްކާތެރިވާށެވެ. އަދި މީހަކު އޭނައާއި ޒުވާބުކޮށް ފުރައްސާރަކޮށް ހަދާނަމަ ބުނާށެވެ. ހަމަކަށަވަރުން އަހުރެން މިހުރީ ރޯދައަށެވެ.
من لم يدَعْ قولَ الزُّورِ والعملَ بِهِ ، فليسَ للَّهِ حاجةٌ بأن يدَعَ طعامَهُ وشرابَهُ
މާނައީ: ނުބައި ބަސްތައް ބުނުން ދޫނުކޮށް އަދި (ނުބައި ޢަމަލު) ޖާހިލު ޢަމަލު ކުރާ މީހުން ދަންނާށެވެ. ފަހެ މާތް ﷲ އެފަދަ މީހެއްގެ ކެއިން ބުއިމުން ދުރުހެލިވުމަށް އެދިވޮޑިއެއް ނުގަނެއެވެ.