ތިބާއަށް ރަމަޟާން މަސް ކާމިޔާބު ނުކުރެވިއްޖެނަމަ ދެރަވުމުގެ އިތުރުން ލަދުގަންނަންވެސް ޖެހޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ތިބާއަށް ރަމަޟާން މަސް ކާމިޔާބު ނުކުރެވިއްޖެނަމަ ދެރަވުމުގެ އިތުރުން ލަދުގަންނަންވެސް ޖެހޭ ސަބަބު-

ތިބާ ޙާޞީލްކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވެނީ ތިބާގެ ޢަދާވާތތެރިން އެކަމަށް ހުރަސްއަޅާތީއެވެ. ތިބާގެ އެންމެ ބޮޑެތި ޢަދާވާތްތެރިން މިހާރުވަނީ ހުރަގޭގައި ބަންދުކުރެވިފައެވެ. ތިބާއަށް އެއްވެސް އުނދަގުލެއް ނުކުރެވޭނެ ގޮތަށެވެ.

އެޙާލަތުގައި ތިބާއަށް ތިބާގެ މަޤްޞަދުތައް ޙާޞިލްނުކުރެވޭނަމަ ތިބާއަކީ އެއްވެސް ތާކުންތާކު ޖެހޭ މީހަކަށްވާނެ ހެއްޔެވެ؟ ތިބާވާނީ އެންމެ ބޮޑެތި ފޭލިޔަރުންގެ ތެރޭގައި ނޫންހެއްޔެވެ؟ ފިސާރި ރަނގަޅަށް ވިސްނާލާފައި ނިކަން ޖަވާބެއް ދީބަލާށެވެ!

ރަމަޟާާން މަހަކީވެސް ހަމަ އެފަދަ މައްސަރެކެވެ. ތިބާއަށް ވަސްވާސްދޭ ބޮޑެތި ޝައިޠޯނުންތައް ކަސްތޮޅު އަޅުއްވަވާނެއެވެ. ވީމާ ﷲ ތަޢާލާގެ މަގުގައި ތިބާއަށް ކުރިއަށް ނުދެވޭނަމަ ތިބާއަކީ އެއްވެސް ގޮތަކުން ތާކުންތާކުޖެހޭ މީހަކަށްވާނެ ހެއްޔެވެ؟ އެއްވެސް އިޚްލާޞްތެރިކަމެއް ހުރި މީހަކަށްވާނެ ހެއްޔެވެ؟ އަމިއްލައަށް ވިސްނާލާފައި ނިކަން ޖަވާބުދީބަލާށެވެ. މީސްތަކުންނޭވެ!

ރަމަޟާން މަސް ފެށިގެން ކުރިއަށްދަނީއެވެ. އެމަސް އެންމެ ރަނގަޅު ގޮތުގައި ލިބިގަންނަން ޢަޒުމްކަނޑައަޅައި މަސައްކަތްކުރަމުން ގެންދާށެވެ! މިފަދަ ފުރުޞަތުތަކަކީ އަބަދު ލިބޭނެ ފުރުޞަތުތަކެއް ނޫނެވެ.

ލިބުނު ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން މަސައްކަތްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން